ޅ. ހިންވަރާއި، އަދި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާ، ނައިފަރާއި، މަޑިވަރާއި، ހިންނަވަރު ބޮޑު ސިޓީ އަކަށް ހަދާނެކަމަށް ޖުމްހޫރީ ޕާޓިގެ ރިޔާސި ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކެމްޕެއިން ދަތުރުފުޅުގައި ޅ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މަޑިވަރުގައި ހުންނަވާ ޤާސިމް ވިދާޅުވީ، ހިންނަވަރާއި، ނައިފަރާއި، މަތިވަރާއި، ފެލިވަރާއި ގާއެރި ފަރާދޭތެރޭ ކަނޑުއޮޅިއެއް އެބައޮތްކަމަށެވެ. ގާތްގަނޑަކަށް އެއްފަޅާއި އަނެއްފަޅާއި ދޭތެރޭ 300 މީޓަރު އެބަހުރިކަމަށާއި، އެންމެ ދިގުދޭތެރޭ 500 ވަރަކަށް މީޓަރު އެބަހުރިކަމަށް ޤާސިމް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ހިންވަރާއި، އަދި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާ، ނައިފަރާއި، މަޑިވަރާއި، ހިންނަވަރު ބޮޑު ސިޓީ އަކަށް ހަދާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
الله ގެ އިރާދަފުޅާ މިންވަރުފުޅުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުން އަޅުގަނޑަށް ތާއީދު ކޮށް ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމް ތަނަވަސްކޮށްދެއްވައިފިނަމަ، ޅ. ހިންވަރާއި، އަދި ނައިފަރާއި ދެމެދުގައި ހުރި ފަޅުތައް ބުރިޖަކުން ގުޅާލާ، ނައިފަރާއި، މަޑިވަރާއި،… pic.twitter.com/Bs8bCIWfQz
— Qasim Ibrahim (@qasimibrahim) August 30, 2023
މިއާއެކު ދަތުރުފަތުރުގައި ވަރަށް ބޮޑު ފަސޭހައެއް އެ ސަރަހައްދަށް އަންނާނެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ، މިއީ މުޅި ޅ.އަތޮޅަށްވެސް އަންނާނެ ބޮޑު ކުރިއެރުމެއްކަމަށެވެ.
މުޅި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަންކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެ މައްސަލަ ޙައްލުކޮށްދެއްވާނެކަމަށެވެ. އެގޮތުން ބިން ހިއްކައި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގަވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ މުޅި ޅ.އަތޮޅަށްވެސް ބޮޑު ތަސައްވުރެ އޮތްކަމަށް ވިދާޅުވެފައެވެ.