ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2023 09:28
0

ބ. ތުޅާދޫގައި އެއަރޕޯޓު ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ތުޅާދޫ އެއާޕޯޓްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާާލުކޮށްގެންނެވެ.

ޕްލޭނިން މިނިސްޓްރީން ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި ތުޅާދޫގެ އިތުރުން ތ. ވިލުފުއްޓާއި، ށ. ބިލެއްފަހީގެ ބިން ހިއްކުގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ. މި 3 މަޝްރޫޢު މި ކުންފުންޏާއި ހަވާލުކޮށްފައިވަނި 280 ދުވަސް ތެރޭ ނިންމާގޮތައް 42.4 މިލިޔަން ޑޮލަރަށެއެވެ. ތުޅާދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 44.70 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފުރައިގެން 30 އަކަށް މިނެޓުން ދެވޭހާ ކައިރީގައި އެއަރޕޯޓެއް ތަރަޢްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު ސިޔާސަތެވެ. މިކަން ޙަޤީޤަތަކަށް ހެދުމަށްޓަކާ ބައެއް ޑޮމެސްޓިކް އެއަރޕޯޓުތަކުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި އިތުރު އެއަރޕޯޓުތަކެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެކި މަރުޙަލާގައި މިވަގުތުވެސް ކުރިއަށް އެބަދެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި އެންމެ ދެކުނުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުވެސް ކޮންޓްރެކްޓަރުންނާއި ޙަވާލުކޮށް ޢަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.