ލޯނުތައް މަޢާފްކޮށްދީފިނަމަ ބޭންކިންގ ނިޒާމު ހުއްޓި ބަންދުކުރަން ޖެހިދާނެ: ޝަރީފް

ލޯނުތައް މަޢާފްކޮށްދީފިނަމަ ބޭންކިންގ ނިޒާމު ހުއްޓި ބަންދުކުރަން ޖެހިދާނެ: ޝަރީފް

ގުޅުންހުރި

ބޭންކުރަކުން ދޫކޮށްފައިހުރި ލޯންތައް މައާފްކޮށްދޭން ފަށައިފިނަމަ ބޭންކިންގ ނިޒާމް ހުއްޓި ބޭންކުތައް ބަންދުކުރަން ޖެހިދާނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައިވާ ލޯންތައް މަޢާފްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ވިދާޅުވުމާއި ގުޅިގެންނެވެ.

ޝަރީފް ވިދާޅުވީ، ލޯން ނަގައިގެން ޢިމާރާތްކުރާ ހައުސިންގ ސްކީމްތަކުން އަޅަތންތަން ހިލޭ ދޫކުރަން ފަށައިފިނަމަ ކުއްޔަށް އިތުރު މަޝްރޫއު ހިންގުމުގެ ފުރުޞަތު ބޮޑުވާނެކަމަށެވެ.

ބޭންކުތައް ހުއްޓި މުޅި މާލީ ނިޒާމު ފުނޑިގެން ހިނގައިދަނެފަދަ ވައުދުތައް ބައެއް ކެންޑިޑޓުން ވުމަކީ ވަރަށް ދެރަކަމެއް.އަރބަންކޯ އިން އެތައ ްމިލިއަން ޑޮލަރެއްނަގައިގެން ހަދަފައިހުރި ތަންތަން ހިލޭކޮށްދޭން ބައެއް ކެންޑިޑޭޓުން ވައުދުވާއިރު އެ ފައިސާ އަނބުރާ ދައްކާނެ ގޮތެއް ބުނެ ނުދޭ.

– ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ގިނަ މަޝްރޫޢުތައް ބޭރު ޤައުމުތަކުން އެކި ގޮތްގޮތުން ފަންޑު ހޯދައިގެން ހިންގާއިރު، ރާއްޖެއަށް އެންމެ ގިނަ މަޝްރޫއުތައް ހިންގަން ފަންޑު ފޯރުކޮށްދޭ އިންޑިއާއާއި ދެކޮޅަށް ޕްރޮޕަގަންޑާ ފަތުރަމުން ގިނަ ކެންޑިޑޭޓުން ދާކަމަށާއި، އެކަމަކު އެ ކެންޑިޑޭޓުން އެ ފަންޑު ހޮދާނެ އެހެން ޤައުމެއް ވިދާޅު ނުވާކަމަށެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައި މިވަނީ، ވެރިކަން ލިބިއްޖެނަމަ އެކި ނަންނަމުގައި ސަރުކާރުން ބަޖެޓުގައި ޖަހައިގެން ދީފައިވާ ލޯނުތައް މަޢާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހީމް ވިދާލުވެފައިވަނިކޮށެވެ. ޤާސިމް ވަނީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލިވެސް މައާފްކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ