ކޮރަޕްޝަންގެ ތުހުމާތާއިއެކު، ޑޮމެއިން ދޫކުރުން ހުއްޓާލަން ރައީސް އޮފީހުން ނަހުލާއަށް އެންގި ސިޓީއެއް!

ކޮރަޕްޝަންގެ ތުހުމާތާއިއެކު، ޑޮމެއިން ދޫކުރުން ހުއްޓާލަން ރައީސް އޮފީހުން ނަހުލާއަށް އެންގި ސިޓީއެއް!

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2023 01:00
0

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މިނިސްޓަރު ކަމުގައި ހުންނަވައިގެން، ގަވާއިދާ ޚިލާފަށް ޑޮމެއިން ވިއްކައިގެން އިންތިހާއަށް ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެ ކުރެވޭ ތުހުމަތަކާއި ގުޅިގެން އެމިނިސްޓްރީން ޑޮމެއިންނާއި ގުޅުންހުރި އެއްވެސް މުއާމަލާތެއް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއަށް އެނގި ސިޓީއެއް ދައުރުވާން ފަށައިފިއެވެ.

މިސިޓީ ޢާންމުވެގެން އުޅޭއިރު ޓްރާންސްޕޯޓު މިނިސްޓްރީ ގަވާއިދުތަކާއި އަދި އުސޫލުތަކާއި ޚިލާފަށް ހިނގަމުންދާ ގިނަ ކަންތައްތަކެއް ބަޔާންކޮށް، ޓްރާންސްޕޯޓު މިނިސްޓްރީގެ ނާއިބު ޙަމަދު ޢަބްދުލްޣަނީ ވަނީ މިނިސްޓަރ އައިޝަތު ނަހުލާއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ދައުލަތުގެ އެންމެހައި މުދަލާއި ފައިސާ ހެޔޮގޮތުގައި ފަރުވާތެރިކަމާއެކު ބެލެހެއްޓުމުގެ ބަދަލުގައި، އެކަންކަމުން ނަހުލާ ގަވާއިދާ ޚިލާފަށް މަންފާ ހޯއްދަވާ ކަމަށް ތުހުމަތު ކޮށްފައެވެ.

ހަމަދު ޢާންމު ކުރި ސިޓީގެ ކުރިން މިމައްސަލާގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ ވަނީ މިނިސްޓަރ ނަހުލާއަށް މިމަހުގެ 27 ވަނަ ދުވަހު ސިޓީއެއް ފޮނުވާފައެވެ. މިސިޓީގެ ސައްޚަކަން ކަށަވަރު ކުރުމަށް ރައީސް އޮފީހަށް ގުޅާލުމުން މިަކަމަށް އެއްވެސް ކޮމެންޓެއް ކޮށްފައިނުވެއެވެ. އެސިޓީގައި ބުނެފައިވަނީ އެއްގަމު އުޅަނދުގައި ރަޖިސްޓްރީ ރަޖިސްޓްރީ ނަންބަރުގެ ބަދުގައި ޑޮމެއިން ނަންބަރު ބޭނުން ކުރަން ބޭނުންވާ ފަރާތްތަކަށް ޑޮމެއިން ދޫކުރުމާއި ވިއްކުމާއި ބަދަލު ކުރުމާއި އަގު ކަނޑައެޅުމަށް ބޭނުންވާ ހަމަތަށް ކަނޑައެޅުމަށް ކޮމެޓީއެއް އޮންނާނެކަމަށް އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާކަމަށެވެ.

އަދި މިގަވާއިދު 7 ވަނަ މާއްދާގައިި ޑޮމެއިން ވިއްކަންވާނީ ވިއްކުމުގެ ކުރިން އާންމުކޮށް އިއުލާންކޮށް، އެންމެ މަތިން އަގުހުށަހަޅާ ފަރާތްތަކަށް ކަމަށް ބަޔާންކޮށްފައި ވީނަމަވެސް މިގަވާއިދުގައި ބަޔާންކުރާ ކޮމެޓީ މިނިސްޓްރީގައި އެކުލަވާލާފައިވާކަމަށް ނުފެންނާތީ ޑޮމެއިން ވިއްކައިގެން ދައުލަތަށް ލިބެންޖެހޭ މަންފާ ނުލިބޭ ފަދައަކުން، ޑޮމެއިން ވިއްކަމުން ދާކަން ފާހަަގަ ކުރެވިފައިވާކަމަށެވެ.

މިސަބަބުތަކަށް ޓަކައި މިދައުރުގެ ތެރޭގައި މިހާތަނަށް ޚިދުމަތް ދެވިފައިވާ ޑޮމެއިން ތަކައިބެހޭ ތަފްސީލާއި ޑޮމެއިން ވިއްކުމާއި ގުޅޭގޮތުން ޓްރާސްޕޯޓް މިނިސްޓްރީން ޢަމަލު ކުރައްވަމުން ގެންދަވާ އުސޫލަކާއި، ޑޮމެއިން ވިއްކުމާއި ބެހޭ ކަންކަން އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދާއި އެއްގޮތަށް ނުހިނގާ ސަބަބު ރައީސް އޮފީހަށް އެންގުމަށް ވަނީ ދަންނަވާފައެވެ.

އަދި ރައީސް އޮފީހުން ވަކި ގޮތެއް އަންގަންދެން ޑޮމެއިންއާއި ގުޅުންހުރި އެއްވެސް މުޢާމަލާތެއް ނުކުރުމަށް ވަނީ އަންގާފައެވެ.

ޓެޕުއޓީ މިނިސްޓަރު ހަމަދު ވިދާޅުވެފައިވަނީ މިނިސްޓްރީގެ ތެރޭގައި ހުރި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ ދެއްކުމުން އެކަންކަން ބެލުމުގެ ބަދަލުގައި، އެކި ސިފަ ސިފައިގައި ބިރު ދެއްކުމަށްފަހު، އެވަރުންވެސް އޭނާ ފަހަތަށް ނުޖެހުމުން، ނުލިބޭ ބާރުގެ ބޭނުންކޮށްގެން އޭނާއާއި ދެކޮޅަށް ނަހަމަ ގޮތުގައި ނަހުލާ މަގާމުގެ ނުފޫޒު ބޭނުންކުރަމުންދާ ކަމުގައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއަކީ މިހާތަނަށްވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވެމުން އައިސްފައިވާ މިނިސްޓްރީއެކެވެ. އެހެންނަމަވެސް މިމައްސަލަތަކާއި ގުޅޭގޮތުން މިހާތަނަށްވެސް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނުވެއެވެ. އަދި ނަހުލާއާއި މައްސަލަޖެހ މީގެ ކުރިންވެސް އެމިނިސްޓްރީގެ މުވައްޒަފުން އެހެން މިނިސްޓްރީތަކަށް ބަދަލުކުރާންޖެހިފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ނ ނަނަނަނަ
ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ރަތްލާޖެހި ބޮޑު ..... އަކަށް ފަތްކޮޅު އެރުވީމަ ވާނެ ހަޔެތި ތިއޮތީ ވެފަ...