ގެދޮރު އެޅުމަށް ޚާއްޞަ ފައިނޭންސް ސްކީމެއް ތަޢާރަފްކުރާނަން: ރައީސް

ގެދޮރު އެޅުމަށް ޚާއްޞަ ފައިނޭންސް ސްކީމެއް ތަޢާރަފްކުރާނަން: ރައީސް

ގުޅުންހުރި

ކުރިއަށް އޮތް ރިޔާސީ ދައުރަށް އިންތިޚާބުވެވަޑައިގެންފިނަމަ ގެދޮރު އެޅުމަށް ޚާއްޞަ ފައިނޭސް ސްކީމެއް ތަޢާރަފްކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭތް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައިި ތ،މަޑިފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރު އެޅުމަށް ޚާއްޞަ ފައިނޭންސް ސްކީމެއް ތަޢާރަފްކޮށް، ދިގު މުއްދަތަކުން ފައިސާ ދައްކާގޮތަށް ލުއި ލޯން ތަޢާރަފްކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެ މަސައްކަތްތަކަށް މަޑުޖެހުމެއް އަޔަދީގެން ނުވާނެކަމަށާއި، މަޑުޖެހުމެއް އައިސްފިނަމަ އެތައް އަހަރެއް ފަހަތަށް ގޮސްދާނެކަމަށެވެ.

ރައީސް ވިދާޅުވީ ކޯވިޑް 19އާއި ގުޅިގެން ސަރުކާރުން ބޭޏުންވި ސްޕީޑްގައި ބައެއް މަޝްރޫޢުތައް ކުރިއަށް ނުދިޔަކަމަށާއި، ނަމަވެސް 90 ޕަސެންޓް މަޝްރޫޢުތައް ނިންމާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތީ މަޝްރޫޢުތައް އެކޮށް ނިންމާލުންކަމަށެވެ.

ރައީސް ވަނީ މަޑިފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ވަޢުދުވެވަޑައިގެންފައެވެ. އެގޮތިން މަގުތަކުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، ގެދޮރުވެރިކަން ހައްލުކޮށް ސްކޫލްގެ ވަސީލަތްތައް ހަމަކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި އޮޑިއެހެލާ ތަނެއް ޤާއިމްކޮށް ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ