އެސްއެމްއީ ލޯންތައް މައާފްކޮށްދޭނަށް: ގާސިމް

އެސްއެމްއީ ލޯންތައް މައާފްކޮށްދޭނަށް: ގާސިމް

ގުޅުންހުރި

މިހާތަނަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދެނެކަމަށް ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ގާސިމް އިބްރާހިމް އއ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެދުނު މަތިވެރިއަށް ވަޑައިގެން ވަނީ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.

މަތިވެރީގެ ރައްޔިތުންނާއި މުހާތަބްކުރައްވާ ގާސިމް އިބްރާހިމް ވިދާޅުވީ މިވެރިކަމުން ވަނީ ގާނޫނުއަސާސީ ޚިލާފް އެތައް ކަމެއް ކުރައްވާފައި ކަމަށާއި ދީނާ ގައުމިއްޔަތާއި އިސްތިގްލާލުވަނީ ނުރައްކަލުގެ ތެރެއަށް ވައްޓާލާފައި ކަމަށެވެ. ވެރިކަމުގައި ތިބި ބަޔަކު ރައްޔިތުންނަށް ޚިޔާނާތްތެރިވުމަކީ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަންކަމަށާއި ތާރީޚުންވެސް ސާބިތުކޮށްދެނީ ބޭރުމީހުންނާއި ގުޅިގެން ގައުމަށް ގައްދާރުވާ ފަރާތްތަކުގެ ސަބަބުން ގައުމަށް ލިބުނު ނިކަމެތިކަން ކަމަށެވެ.

ގާސިމް ވިދާއަޅުވީ ގައުމަށް އިޤްތިޞާދީ ބޮޑު ބަދަލުތަކެއް ބޭނުންވާ ކަމަށާއި ކުދިވިޔަފާރިތަކުގެ ދިރުން އިތުރު ކުރަންޖެހޭ ކަމަށެވެ.

އަޅުގަނޑުގެ ވެރިކަމެއްގައި މިހާތަނަށް ދޫކޮށްފައިވާ އެސްއެމްއީ ލޯންތައް މައާފްކޮށްދޭނަށް. އިގްތިޞާދަށް ދިރުންގެނުވާ ސަރުކާރުން ގެންގުޅޭ ވިޔަފާރިތަކަށް ދަތިކުރާ އުޞޫލުތައް ނައްތާލާނަށް.

– ގާސިމް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ޕީޖީ ލީޑަރ އަލީ ހުސައިން ވިދާޅުވީ ގައުމުގެ މިއަދުގެ ޖީލަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިނަކަމަށެވެ.

އަޅުގަނޑުމެން ހީކުރީހޮޅިންގެ ކިބައިން ސަލާމަތްވެއްޖެކަމަށް. އެކަމަކު އަޅުގަނޑުމެންގެ މިޖީލަށްވެސް މިއޮތީ އެކަންކުރަންޖެހިފައި. އަޅުގަނޑުމެން ހީކުރީ ވޯރާ ވިޔަފާރިވެރިންގެ ކިބައިން ސަލާމަތްވެވިއްޖެކަމަށް. އެހެންނަމަވެސް ލޯކަލްމާރުކޭޓުން ފެށިގެން ރިސޯޓުތަކާހަމައަށް، އަޅުގަނޑުމެންގެ މުޅި އިޤްތިޞާދު މިކޮންޓްތޯލް ކުރަނީ ބޭރުގެ ވިޔަފާރިވެރިން ."

– އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ގައުމު އަޅުވެތިކަމުން ސަލާމަތްކުރެވޭނީ ރާއްޖޭގެ ރައްޔިތުންނަށްކަމަށާއި އެއީ ވެރިޔަކު އިހްތިޔާރުކުރުމުގައި އިޚްލާސްތެރި ވެރިޔަކު ހޮވުން ކަމަށެވެ. މިއަދުގެ ހާލަތަށް ބަލާއިރު ގައުމަށް ގައްދާރުނުވެ ރައްޔިތުންގެ ކިދްމަތުގައި ހުންނެވި ހަމައެކަނި ލީޑަރަކީ ގާސިމް އިބްރާހިމް ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ