އަނަނިޔާ ހެދުން އެޅުމުގައި ރީތި ހުތުރު ބަލަނީ ފޮޓޯއަށް ރީތިވާނެ ގޮތަށް!

އަނަނިޔާ ހެދުން އެޅުމުގައި ރީތި ހުތުރު ބަލަނީ ފޮޓޯއަށް ރީތިވާނެ ގޮތަށް!

"ސްޓޫޑެންޓް އޮފް ދަ އިޔާ 2″ އިން އާންމުންގެ ލޯބި ހޯދި އެކްޓްރެސް އަނަނިޔާ ޕާންޑޭ އަކީ ސޯޝަލް މީޑިޔާގައި ވަރަށް އެކްޓިވް ތަރިއެކެވެ. ދާދިފަހުން އަނަނިޔާ ވަނީ އޭނާ ލާ ހެދުންތަކަށް ސޯޝަލްމީޑިއާގައި ފާޑުކީ މީހަކަށް ރައްދު ދީފިއެވެ.

ކަރީނާ ކަޕޫރް ޚާން ގެ ޗެޓް ޝޯވ "ވަޓް ވުމެން ވޯންޓް" ގައި އަނަނިޔާ ބުނެފައިވަނީ އޭނާ އެހެން މީހުން ކިޔާ އެއްޗަކަށް އަޅާލުމުގެ ބަދަލުގައި ބޭނުންވަނީ އުފަލުން ހަމަޖެހިގެން ހުންނަން ކަމަށެވެ.

ކަރީނާއާއި ވާހަކަ ދައްކަމުން އަނަނިޔާ ބުނެފައިވަނީ އޭނާ އަބަދުވެސް ހެދުން އަޅަނީ މީހުންނަށް ކަމުދާ ގޮތަށްކަމަށް ހީކުރަންކަމަށާއި ނަމަވެސް އޭނާ ހެދުން އަޅާގޮތާ މެދު މީހުން އެހާ ހިތްހަމަ ނުޖެހޭކަން މިހާރު އެނގިއްޖެ ކަމަށެވެ. އަދި އޭނާ ހެދުން އަޅާގޮތަކީ އޭނާއަށް އެންމެ ކަމުދާ، ހިތްހަމަ ޖެހޭގޮތް ކަމަށާއި އެހިސާބުން އެކަން ނިމުނީ ކަމަށެވެ.

ކޮންމެ ގޮތަކަށް ހެދުން އެޅިކަމުގައި ވިޔަސް ފާޑުކިޔުންތައް އަމާޒުވާނެ ކަމާއި އޭނާއަށް އިންސްޓަގްރާމަށް ލާން ރީތި ފޮޓޯ ލިބެނިކޮށް އެކަން ނިމުނީކަމަށްވެސް ބުންޏެވެ.

 

View this post on Instagram

 

A post shared by Diet Sabya (@dietsabya)

އަނަނިޔާ ޕާންޑޭ މިފަހުން ފެނިގެންގޮސްފައިވަނީ ނެޓްފްލިކްސް ގެ ރިއަލިޓީ ޝޯވ "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" އިން އޭނާގެ މަންމަ ބާވްނާ ޕާންޑޭ، މަހީޕް ކަޕޫރް، ސީމާ ހާން އަދި ނީލަމް އާއެކުގައެވެ.

އަނަނިޔާ ދެން ފެނިގެން ދާނީ އޭނާ އެންމެ މަސައްކަތްކުރަން ބޭނުންވި ޑައިރެކްޓަރ ޝާކުން ބަޓްރާގެ ފިލްމަކުން ދިޕިކާ ޕަޑުކޯން އާއި ސިދާތު ޗަތުރްވޭދީ އާއެކީގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *