2028ގައި ހުށައަޅާނީ އަރަނި ބަޖެޓެއް: ރައީސް

2028ގައި ހުށައަޅާނީ އަރަނި ބަޖެޓެއް: ރައީސް

ގުޅުންހުރި

ރާއްޖޭގެ އިޤްތިޞާދު ދެގުނަކުރުަމށް ކުަރއްވާ މަސައްކަތުގެ ދަށުން 2028ވަނަ އަހަރާއި ހަމައަށް ދައުލަތުގެ އިޤްތިޞާދު 170 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގެންދެވޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞަލިޙް ވިދާޅުވެއްޖެއެވެ.

ކެމްޕެއިންގައި ތ.ގާދިއްފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިޤްތިޞާދު ދެގުނަކުރަން  ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާކަމަށެވެ. އެގޮތުން އެއަރޕޯޓްތަކާއި ބަނދަރުތަކާއި އާރުޓީއެލް ފެރީ ނިޒާމުން މުޅި ރާއްޖެ ގުޅާލުން ރައީސް ފާހަގަކުރެއްވިއެވެ. އެއީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިވާނެ ކަންތައްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީޫ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާނެކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018އިން 2018އަށް ރާއްޖޭގެ އިޤްތިޞާދު ދެގުނަކޮށް 170 ބިލިއަން ރިފިޔާއަށްވުރެ މައްޗަށް ގެންދެވޭނެކަމަށެވެ. މިއާއެކު 2028 ވަނައަހަރުގެ ބަޖެޓަކީ އަރަނި ބަޖެޓަކަށް ވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

އަހަރަކަށްވުރެ އަހަރެއް އިޤްތިޞާދު ފުޅާކުރަމުންގޮޮސް 2028 ވަނަ އަހަރު އަންނައިރު 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަން ރުފިޔާއާއި ހަމައަށް އަމާޒުހިފާނަން. ނަތީޖާއަކީ ކުރަން ބޭނުންވާ ކަންކަމަށް ފައިސާ ހުރުން. 2028 ހުށައަޅާ ބަޖެޓަކީ އަރަނި ބަޖެޓަކަށް ވެގެންދާނެ.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގާދިއްފުށިފަދަ ރަށްތައް އެކަހެރިކުރިނަމަވެސް މިސަރުކާރުން ކުދި އާބާދީގެ ރަށްތަަކަށްވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަކަމަށެވެ. އެގޮތުން ގާދިއްފުށީގެ ފެނާ ނަރުދަމާއާއި އިންޖީނުގޭގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ބިން ހިއްކައި ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޕިކްނިކް ދާނެ ރަށެއް ކަނޑައަޅައި ބިންހިއްކާ ނިންމާއިރު މޫދަށް އެރޭނެ ސަރަހައްދެއް ތަރައްޤީކޮށްދޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ