ރައީސް ޢަމާޒު 5 މިލިއަން ޓޫރިސްޓުން ގެނައުމަށް

ރައީސް ޢަމާޒު 5 މިލިއަން ޓޫރިސްޓުން ގެނައުމަށް

ގުޅުންހުރި

ކުރިއަށް އޮތް ރިޔާސީ ދައުރުގައި ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު 3 މިލިއަނަށް ހަމަކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކެމްޕެއިންގައި ތ.އަތޮޅު ވިލުފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ.

ޤައުމުގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ އިޤްތިޞާދު ދެގުނަ ކުރެއްވުމަށް ކުރައްވާ އެންމެ މުހިންމު މަސައްކަތަކީ ވެލާނާ އިންތަރނޭޝަނަލް އެއަރޕޯޓާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރެއްވުންކަމަށެވެ. ރައީސް ވިދާލުވީ މައި ތިން އެއަރޕޯޓާއެެކު ޤައުމީ ދަތުރުފަތުރުގެ ނިޒާމްކަމަށްވާ އަރުޓީއެލް އިން މުޅި ރާއްޖެ ގުލުވާލުމަކީ ފަތުރުވެރިކަމާ އިޤްތިޞާދު ކުރިއަރާނެކަމެއްކަމަށެވެ.

އޭގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންގެ ޢަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު ތިން މިލިއަން ކަޑައްތުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަށްފަހު އެ ޢަމާޒު ފަސް މިލިއަން ހާސިލްކުރަން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާ އިރަށް ތިން މިލިއަން ކަޑައްތުކޮށް، ފަސް މިލިއަނާ ހަމައަށް އަމާޒުހިފުން.

– ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވީޑްގެ އެންމެ ދަތި ހާލުގައިވެސް 1.4 މިލިއަން ފަތުރުވެރިން ގެނެވުނުމަށެވެ. އަދި ކޯވިޑުން އަރައިގަނެ އިޤްތިޞާދު ހަމައަކަށްއަރައި މިއަހަރު ފަތުރުވެރިން ރާއްޖެ ގެނެވޭ އަދަދު 1.9 މިލިއަނަށް އަރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް ކުރައްވާ މަސަައްކަތްވެސް އިތުރުކުރައްވާފައިވާކަަމށް ވިދާޅުވެފައެވެ. އެގޮތުން މިސަރުކާރު އާއިރު ރާއްޖެ އިޝްތިހާރު ކުރުމަށް ހޭދަކުރަނީ 3 މިލިއަން ރުފިޔާކަމަށެވެ. ނަމަވެސް މިހާރު އެ ޢަދަދު މިސަރުކާރުން 10 މިލިއަނަށް އިތުރުކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދައުރުގައި އެ ޢަދަދު 15 މިލިއަނަށް އިތުރުކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ