އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް މުއިއްޒުގެ ވެރިކަމެއްގައި ބޮޑުކޮށްދެނީ

އެކަނިވެރިމައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް މުއިއްޒުގެ ވެރިކަމެއްގައި ބޮޑުކޮށްދެނީ

Author
އަހުމަދު
27 އޮގަސްޓް 2023 07:47
0

އެކަނިވެރިމައިންނާއި އެކަނިވެރިބަފައިންނާއި ހާފިޒުންނަށް ދޭ އެލަވަންސް ބޮޑުކޮށް ދެއްވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އެކަނިވެރިމައިންނާއި ބަފައިންނަށް ކުދިން ބަލަހައްޓަން ސަރުކާރުން މިހާރު ދޭ އެލަވަންސްއަކީ އެކަށީގެންވާ ވަރުގެ އެލަވަންސެއް ނޫން ކަމަށެވެ. އެ އެލަވަންސް ކޮންމެ ކުއްޖަކަށް ދޭ އެލަވަންސް 3،000 އަށް ބޮޑުކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް ބަދަލު ކުރަން ނިންމި ނަމަވެސް 3،000ރ. ލިބޭނީ ހަތަރު ކުދިންނާ ހަމައަށް ކަމަށެވެ.

މުއިއްޒު ވިދާޅުވީ މިސްކިތްތަކުގައި އިމާމުން މަދު ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެގޮތުން ސަލާމެއް ބުނަން ޖެހުނަސް، ނޫނީ ބަލިވިޔަސް، އިތުރު އިމާމެއް ނުހުންނަ ކަމަށް އިމާމުންގެ ފަރާތުން ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި މިސްކިތްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. އެގޮތުން ކޮންމެ މިސްކިތެއްގައި ދެ އިމާމުން ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސިވިލް ސްލޭވް
ސިވިލް ސާރވަންޓް ގެ މަތިން އެއްވެސް ބޭފުޅަކު ހަނދާނެއް ނެތް.