އަސްކަރީ ހަމަލާ އަތުވެދާނެކަމަށް ބަލާ ނިޖަރގެ ފައުޖުތައް ތައްޔާރީ ހާލަތަކަށް ގެނެސްފި

އަސްކަރީ ހަމަލާ އަތުވެދާނެކަމަށް ބަލާ ނިޖަރގެ ފައުޖުތައް ތައްޔާރީ ހާލަތަކަށް ގެނެސްފި

މެދުތެރޭ އެފްރިކާގެ ގައުމެއް ކަމުގައިވާ ނިޖަރއަށް ގެނެސްފައިވާ އަސްކަރީ ބަޢާވާތް ނިމުމަކަށް ގެނައުމަށް، އެފްރިކާގެ ގައުމުތައް އެކުލެވޭ އެކޯވާސް (ECOWAS) ޖަމިއްޔާއިން އެގައުމަށް އަސްކަރީ ހަމަލާ ކޮންމެފަދަ ވަގުތެއްގައިވެސް ދޭންފަށާފާނެކަމަށް ބަލާ، ނިޖަރގެ އަސްކަރިއްޔާ އެގައުމުން ތައްޔާރީ ހާލަތަކަށް ގެސްފައިވާކަމަށް ލީކުވެފައިވާ، ނިޖަރ ސަރުކާރުގެ ބައެއް ލިޔުންތަކުގައި ބުނެފިއެވެ.

ނިޖަރގެ ސަރުކާރުގެ މި ލިޔުންތަކަކީ ސައްޙަ ލިޔުންތަކެއް ކަމުގައި، ބައެއް މީޑިއަރތަކަށް ނިޖަރގެ އަސްކަރިއްޔާއިން ވަނީ ޔަގީން ކޮށްދީފައެވެ.

މިހާރު އޮންލައިން މީޑިއާތަކުގެވެސް އާންމު ކޮށްފައިވާ މި ލިޔެކިޔުންތަކުގައި ވާގޮތުން އަސްކަރިއްޔާ ކުއްލި ހާލަތަކަށް ގެނެސްފައިވަނީ، އަސްކަރީ ހަމަލާއެއް ދީފި ހާލަތެއްގައިވެސް، "ކުއްލި ހައިރާން ކަމަލާ ނުލާ" އެގައުމުގެ އަސްކަރިއްޔާ އެފަދަ ހާލަތަކަށް ތައްޔާރުވެ އޮތުމުގެ ގޮތުންނެވެ.

"އަމިއްލަ ފަސްގަޑަށް އުދުވާނީ ހަމަލާ ދޭން ފަށާފާނެ ކަމަށް ވަނީ އިހުސާސް ވާން ފަށާފަ،" ލީކުވެފައުވާ ލިޔެކުންތަކުގައި ވެއެވެ.

ހުޅަނގު އެފްރިކާގެ ގައުމުތައް އެކުލެވޭ އެކޯވާސް (ECOWAS) ޖަމިއްޔާއިން ވަނީ ފާއިތުވި ދުވަސްތަކުގައި، ޖުލައިމަހުގެ 26 ވަނަ ދުވަހު ނިޖަރއަށް ގެނައި ބަޢާވާތް ނިމުމަކަށް ގެނައުމަށް މަޝްވަރާތައް ކުރަމުން ގެންގޮސްފައެވެ. އަދި އެ ޖަމިއްޔާއިން ބުނެފައިވަނީ، މި މަޝްވަރާތައް ނާކާމިޔާބު ވެއްޖެނަމަ، ނިޖަރގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ބާރުގެ ބޭނުންކުރުމަށް މިހާރު އެޖަމިއްޔާއިން ތައްޔާރު ވެފައިވާކަމުގައެވެ.

އެހެންނަމަވެސް މި ހަފްތާގެ ހުކުރު އެކޯވާސް (ECOWAS) ޖަމިއްޔާއިން ބުނެފައިވަނީ ނިޖަރއަށް ހަމަލާ ދޭނެކަމަށް ބުނެ އެއްވެސް ބިރެއް ދައްކާފައި ނުވާނެކަމަށާއި، މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށް އެޖަމިއްޔާއިން އޮތީ ތައްޔާރަށް ކަމުގައެވެ. ހަމައެއާއެކު ބުނެފައިވަނީ، މަޝްވަރާގެ ހައްލެއްނުލިބިއްޖެނަމަ ބާރުގެ ބޭނުން ކުރުމަކީ އަދިވެސް އޮތް މަގެއް ކަމުގައިވެސްމެއެވެ.

ނިޖަރއަށް ފާއިތުވެދިޔަ ޖުލައިމަހު ގެނައި ބަޢާވާތަށްފަހު، އެގައުމުގެ ރައީސްއާއި އޭނާގެ އާއިލާ އަސްކަރިއްޔާއިން ވަނީ ގޭގައި ބަންދު ކޮށްފައެވެ. އަދި ކުރީގެ ރައީސް ދޫކޮށް ޑިމޮކްރެޓިކް ވެރިކަމަށް ރުޖޫއަވުމަށް، ބޭރުގެ ފަރާތްޔަކުން ކުރިމަތިވަމުން އަންނަ ޕްރެޝަރާއެކު ބަޢާވާތުގެ ލީޑަރުން ބުނެފައިވަނީ، ބަޢާވާތުން މަދަނީ ވެރިކަމަކަށް ދިއުމަށް 3 އަަހަރުގެ މުއްދަތެއް ހަމަޖައްސާފައެވެ.

އެހެންނަމަވެސް ނިޖަރގެ ރައީސް ދޫކޮށް، ޑިމޮކްރެޓިކް ވެރިކަމަށް ރުޖޫއަވުމަށް އެކޯވާސް (ECOWAS) ޖަމިއްޔާއިން ދިން މުހުލަތު ފަހަނައަޅާފައި ވުމާއެކު، ބަޢާވާތް ރޫޅާލުމަށް އަސްކަރީ ހަމަލާދިނުމަށް އެކޯވާސް (ECOWAS) ޖަމިއްޔާއިން މިހާރު އޮތީ ތައްޔާރަށް ކަމަށް ދަނީ ބެލެވެމުންނެވެ.

ފާއިތުވި ޖުލައިމަހު ނިޖަރއަށް ގެނައި ބަޢާވާތަށްފަހު އެކޯވާސް (ECOWAS) ޖަމިއްޔާއިން ވަނީ ނިޖަރއާއި ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅު އަޅާފައެވެ. އަދި އެޖަމިއްޔާއިން މިހާރު ދަނީ ބާރުގެ ބޭނުން ކޮށްގެން ބަޢާވާތް ރޫޅާލުމަށް ތައްޔާރު ވަމުންނެވެ. އެކޯވާސް (ECOWAS) އިން ބުނެފައިވަނީ އެޖަމިއްޔާގެ 15 މެމްބަރު ގައުމުގެ ތެރެއިން 11 ގައުމަކުން، އެ ޖަމިއްޔާއިން ތައްޔާރު ކުރަމުންދާ ލަޝްކަރަށް ސިފައިންގެ އެހީތެރިކަން ފޯރުކޮށް ދީފައިވާކަމަށާއި، ނިޖަރއަށް އަސްކަރީ ހަމަލާ ދޭން ފަށާނެ ދުވަސްވެސް މިހާރު ނިންމާފައުވާކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *