ނަމާދަކީ ކުރަން އޮތް ކަމެއް ނިންމާފަ ހިތައް އެރި ގަޑިއެއްގައި ކުރަން އޮންނަ އަޅުކަމެއް ނޫންކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ބޭއްވި މަޖިލިސް ޖަލްސާ މަޢުރިބް ނަމާދު ބަންގިއަށްވެސް މެދު ކަނޑާނުލައި ކުރިއަށް ގެންދިއުމާއި، ގުޅިގެން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ނަމާދު ވަގުތު މަޖިލިސް ޖަލްސާ ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އިގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ބަންގި ގޮވަމުން ދަނިކޮށް ސައީދުވަނީ ނަމާދު ވަގުތަށް ވާހަކަ ދެއްކުން ހުއްޓާލުމަށް ދަންނަވާފައެވެ. ހަސަން ވަނީ ސައީދުގެ މިވާހަތަކަށް ރައްދު ދެއްވައި ނަމާދު ކުރުމަކީ ފަރުޞެއްކަން ސައީދު ހަދާން ކޮށްދެން ނުޖެހޭނެކަމަށް ވިދާޅުވެފައެވެ.
ސައީދާއި، ހަސަންގެ މިވާހަތަކާއި ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ ނަމާދަށް ދިއުން އޮންނަނީ އެކުރަން ތިބޭ ކަމެއް އަވަހަށް ކޮށް ނިންމާލުމަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގައި ރައީސް ނަޝީދު މިރޭ ދެއްކެވި ވާހަތަކާއި ގުޅިގެން ގިނަބަޔަކު ޝައިޚު އަލީ ޒައިދާއި ދިޔައީ މިކަން އޮޅުން ފިލުވުމަށް ސޯޝަލް މީޑިޔާގައި ސުވާލު ކުރިމަތި ކުރަމުންނެވެ. މިކަމުގައި ޝައިޚު ވިދާޅުވީ ނަމާދަކީ ކުރަން އޮތް ކަމެއް ނިންމާފަ ހިތައް އެރި ގަޑިއެއްގައި ކުރަން އޮންނަ އަޅުކަމެއް ނޫންކަމަށެވެ. އެއީ ވަގުތު ކަނޑައެޅިގެން އޮތް ފަރުޞެއް ކަމަށާއި، އެއީ އިސްލާމްދީނުގެ 2 ވަނަ ރުކުން ކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
މަޖިލިސް ޖަލްސާ މެދު ކަނޑާލާފައިވަނީ، މައުރިބު ނަމާދުގެ ބަންގި ގޮވިތާ ގިނަ އިރުތަކެއްނުވެ ގިނަ މެމްބަރުން ތަޅުން ދޫކޮށް ދިއުމާއި ގުޅިގެންނެވެ. މަޖިލީހުގެ ޖަލްސާ އާންމުކޮށް ބާއްވާ ގަޑިއަކީ ހެނދުނު 9 ޖަހާއިރެވެ. މީގެ ކުރިން މަޖިލީހުގެ މިދައުރުގައިވަނީ ދެނަމާދު ދޭތެރޭގައި ޖަލްސާއެއް ބާއްވާފައެވެ. އެޖަލްސާއަކީ އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ބޭއްވި ޖަލްސާއެވެ.
ނަމާދު ކުރުމުގެ ވަގުތާއި ގުޅޭ ގޮތުން ނަޝީދު މިރޭ ވާހަކަފުޅު ދެއްކެވިއިރު ނަޝީދު ދާދިފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ކީރިތި ޤުރުއާން ކިޔެވުން ހުއްޓުވާފައެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ޤުރުއާނުގެ އާޔަތެއް ނުބައިކޮށް ކިޔެވިޔަސް އެމަނިކުފާނަށް އެނގިވަޑައިނުގަންނަވާނެތީ މަޖިލީހުގެ ޖަލްސާގައި ޤުރުއާން ކިޔެވުން އެއީ ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ. މިރޭ ނަމާދު ވަގުތާއި ގުޅޭ ގޮތުން ނަޝީދު ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނަކީ އިސްލާމްދީނުގެ އިލްމު ލިބިވަޑައިގެން ހުންނެވި އިލްމުވެރިއެއް ނޫނެވެ.
ކޮމެންޓު ފޮނުވާ