ފުވައްމުލަކު ތަރައްޤީގެ މާލިމީކަން ޑރ.މުއިއްޒަށް، ދެއްވި ޔަގީންކަމަކީ ތަރައްޤީ ކަށަވަރުކޮށްދޭނެކަން!

ފުވައްމުލަކު ތަރައްޤީގެ މާލިމީކަން ޑރ.މުއިއްޒަށް، ދެއްވި ޔަގީންކަމަކީ ތަރައްޤީ ކަށަވަރުކޮށްދޭނެކަން!

ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު އާބާދީ ފުވައްމުލަކު ސިޓީގެ ތަރައްޤީގެ މާލިމީކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ދެއްވައި، ތަރައްޤީގެ އުންމީދުތައް ޑރ.މުއިއްޒާއި ހަވާލު ކުރައްވައިފިއެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި މި މާލިމީކަން މުއިއްޒުއަށް އެރުވީ ފުވައްމުލަކުން އަލަށް ވޯޓުލެވޭ ޒުވާނުންނެވެ. މުއިއްޒު ވިދާޅުވީ ފުވައްމުލަކުން މިއަދުކީ ހޫނު މަރުހަބާއަކީ މިރިޔާސީ އިންތިޚާބުގައި ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން ލިބުނު އެންމެ ހޫނު މަރުހަބާ ކަމަށެވެ. އެކަމަށްޓަކައި ވަރަށް ބޮޑަށް މުއިއްޒު ވަނީ ޝުކުރު ދަންނަވާފައެވެ.

މުއިއްޒު ވަނީ މިޖަލްސާގައި ފުވައްމުލަކު ރައްޔިތުން ދެއްވި އިތުބާރާއި ޔަގީންކަމަށްޓަކައި ޝުކުރު އަދާކޮށް ތަރައްޤީގެ ބޮޑެތި ގިނަ ވައުދުތަކެއް ފުވައްމުލަކަށް ވެވަޑައިގެންފައެވެ.

މުއިއްޒު ފުވައްމުލަކަށް ވެވަޑައިގެންނެވި ވައުދުތައް:

– ބަނދަރު ބޮޑުކުރުމަށް، ޒަމާނީ ބޮޑު ބަނދަރަކަށް ހަދާނަން
– ވައިގެ ބަނދަރު އިތުރަށް ތަރައްޤީ ކޮށްދޭނަން
– ހޮސްޕިޓަލުން ގިނަ ގުނަ ޚިދުމަތް ލިބޭނެ ތަނަކަށް ހަދާނަން
– ޤާއިމް ކުރަންޖެހޭ ހުރިހަ ޚިދުމަތެއް ތަޢާރަފްކޮށް ޚިދުމަތް ދޭނަން
– ވަގުފްގެ ބިން ކަނޑައަޅައި، ސަރުކާރުގެ އޮފީސްތައް ހިންގޭނެ ގޮތް ހަދާނަން
– ޝޯ ޕްރެޓެކްޝަން ނިމޭއިރު ރަސްފަންނު ފަދަ ތަނެއް ހެދޭނެ
– ތައުލީމް ހާސިލް ކުރާ ކުދިންނަށް ޚާއްސަ ސެންޓަރެއް ޤާސިމްކޮށް ތައުލީމީ ހަބަކަށް ހަދާނަން

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމީ އެންމެ އަސާސީ ޚިދުމަތް ކަމަށެވެ. ވެރިކަމާއި ހަވާލުވެ އެންމެ ފުރަތަމަ އެންމެ ބޮޑު ސިޔާސަތަކީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމުގެ ސިޔާސަތު ފަހިކޮށް ދިނުންކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ މިސަރުކާރުން ފުވައްމުލަކުގައި 400 ހައުސިން ޔުނިޓު އަޅާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

އެއީ ފަސް އަހަރުގެ ތެރޭގައި ކުރެވޭނެ ވަރުގެ ކަމެއް. އިރާދަ ކުރެއްވިޔާ ކޮށްފަ ދައްކާނަން. އަޅުގަނޑުގެ ތަރައްޤީގެ މަސައްކަތުގެ އެންމެ ފުރަތަމަ މަސައްކަތަކީ ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުން.

– މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ 400 ފުލެޓަކީ ފުވައްމުލަކު ރައްޔިތުންނަށް ފުދޭ މިންވަރެއް ނޫންކަމަށެވެ. ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ކުދި ލޯނު ދިނުމާއި، ހަދަން ފަށާ ނުނިމިހުރި ގެދޮރު ނިންމޭނެ ގޮތް ހަދާ ދޭނެކަމުގެ ޔަގީންކަން މުއިއްޒުވަނީ ފުވައްމުލަކު ރައްޔިތުންނަށް ދެއްވާފައެވެ. އަދި ގެދޮރުވެރިކަމީ އެއްވެސް ތަފާތެއް ނެތި ގެދޮރުވެރިކަން ގާއިމް ކޮށްދޭނެ ކަމެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *