އުކުޅަހު ބިންހިއްކާ ނިންމާލައިފި، ޒަމާންވީ ބިމުގެ މައްސަލައަށް ބޮޑު ޙައްލެއް

އުކުޅަހު ބިންހިއްކާ ނިންމާލައިފި، ޒަމާންވީ ބިމުގެ މައްސަލައަށް ބޮޑު ޙައްލެއް

Author
އައިޝަތު އަޙްމަދު
26 އޮގަސްޓް 2023 09:51
0

އއ.އުކުޅަހު ބިންހިއްކުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.

އުކުޅަހު ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިޔައީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިންނެވެ.

1200އެއްހާ މީހުންގެ އާބާދީއެއް އޮތް އުކުޅަހަކީ ބިމުގެ ދަތިކަންވަރަށް ބޮޑަށް އޮތް ރަށެކެވެ. ޚާއްޞަކޮށް ލޯކަލް ޓޫރިޒަމް ފުޅާދާއިރާއެއްގައި ކުރާ އުކުޅަހުގެ ބިމުގެ ދަތިކަމުން އިތުރަށް ވިޔަފާރިތައް ފުޅާކުރުމަށް ފުރުޞަތެއް ނެތެވެ. އަދި އެރަށުގެ ބޯހިިޔާވަހިކަމަށްވެސް އެންމެ ބޮޑަށް އޮތް ދައްޗަކީ ބިން ނެތުމެވެ.

ސަރުކާރުން އެރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް އެރަށަށް ވަނީ 13 ހެކްޓަރުގެ ބިން އިތުރުކުރައްވާފައެވެ. މިއާއެކު 25އަށްވުރެ ގިނަ އަހަރުވެފައިވާ ގޯތި ދޫނުކުރުމުގެ މައްސަލައަށް ޙައްލެއް އަންނާނެކަމަށް އެރށު ކައުންސިލުން ބުންޏެވެ. އުކުޅަހު ބިންހިއްކުން ފެށީ މިމަހުގެ 7 ވަނަ ދުވަހުއެވެ. މަޝްރޫޢު މިހާރު ނިންމާލިއިރު އެރަށުގައި 1054 މީޓަރުގެ ރިވެޓުމަންޓެއް ޖެހުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުއަށް ޖުމްލަ  67.21 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.