މިސަރުކާރަށް އެންމެ ބޮޑު ކޮޅުކެއްސެއް ދޭނީ އެމްޑީޕީގެ މެމްބަރުން: ޤާސިމް

މިސަރުކާރަށް އެންމެ ބޮޑު ކޮޅުކެއްސެއް ދޭނީ އެމްޑީޕީގެ މެމްބަރުން: ޤާސިމް

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2023 05:36
0

ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އެންމެ ބޮޑު ކޮޅުކެއްސެއްދޭނީ އެމްޑީޕީގެ ޢާންމު މެމްބަރުން ކަމާއިމެދު ޝައްކު ނުކުރައްވާ ކަމުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭންގައި ނ.ވެލިދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ފުރަތަމަ ބުރުގައިވެސް އަދި ދެވަނަ ބުރުގައިވެސް ރައީސް ޞާލިހަށް ވޯޓު އަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. ރައީސް ޞާލިހާއި މިސަރުކާރަށް ކުރިއަށް އޮތް އިންތިޚާބުގައި އެންމެ ބޮޑު ލަނޑެއްދޭނީ އެމްޑީޕީގެ ޢާންމު މެމްބަރުން ކަމާއިމެދު ޝައްކު ނުކުރައްވާކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ ރައީސް ޞާލިހު މިހާތަނަށް ކުރެއްވި ކެމްޕޭނުން ތާއީދު އޮތް ވަރާއި ކަންކަން ވަމުންދާ ގޮތް އެމަނިކުފާނަށް ސާފުވާނެ ކަމަށެވެ. ރައީސަށް މިއިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ޔަގީން ވުމުން މިހާރު މަސައްކަތް ކުރައްވަނީ ވާދަ ކުރެވިފައި ހުންނެވުމުން ކުރައްވާ މަސައްކަތެއް ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ރާއްޖޭގެ އާބާދީ ބޮޑު އެއްވެސް ސަރަހައްދަކުން ރައީސަށް 20 ޕަސެންޓަށްވުރެ މަތިން ވޯޓު ނުލިބޭކަމަށެވެ.

ނޮހޮވޭނެކަން އެނގިވަޑައި ގަންނަވާނެ ރައީސް ޞާލިހަށް. ރާއްޖޭގެ ބޮޑެތި އާބާދީތައް، މާލެ، އައްޑޫ ސިޓީ، ކުޅުދުއްފުށި، ތިނަދޫ މިތަންތަނުން ރައީސް ޞާލިހަށް 20 ޕަސެންޓްވެސް ނުލިބޭ. ދެން ކިހިނެތްތޯ ހޮވެނީ.

– ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވަނީ މިބައްދަލުވުމުގައި އިންޑިއާގެ ސިފައިން ރާއްޖޭގެ ނެތްކަމަށް ވިދާޅުވާއިރު، އިތުރު ތިލަފަޅު އެއްބަސްވުމާއި، އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ދެކެވޭ ވާހަތަކަށް ސަރުކާރަށްވެސް އަދި ރައީސަށްވެސް އެކަމުގެ ސައްޚަ މައުލޫމާތު ނުދެންވެންވީ ސަބަބެއް ނެތްކަމަށް ވިދާޅުވެފައެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް އޮޅުވާލައި އަދިވެސް އިންޑިއާ ސިފައިން ނެތްކަމަށް ދައްކަން އުޅުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވި އިންތިޚާބުގެ ކެމްޕޭން މިހާތަނަށް އައިއިރު އެމްޑީޕީ މެމްބަރުންނަށް ވަރަށް ސާފުކޮށް މިއިންތިޚާބުގައި ރައީސް ޞާލިހު ބަލިވާކަން އެނގޭކަމަށެވެ. އެމެމްބަރުން މިފަހަރުގެ އިންތިޚާބުގައި ރައީސް ޞާލިހަށް ބޮޑު ތަނުން ނޫނެކޭ ބުނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.