މުއްދަތު ހަމަވެފައިވާ އައިވީ ދީގެން ގައްދޫގައި އިހުތިޖާޖު ކުރަނީ

މުއްދަތު ހަމަވެފައިވާ އައިވީ ދީގެން ގައްދޫގައި އިހުތިޖާޖު ކުރަނީ

Author
މުޙައްމަދު ޝަޒައިމް
22 އޮގަސްޓް 2023 08:37
0

މުއްދަތު ހަމަވެފައި ހުރި އައިވީތަކެއް ގދ. ގައްދޫ ސިއްހީ މަރުކަޒުން ބަލި މީހުންނަށް ދިން މައްސަލައެއް ހޫނުވެ، އެ ރަށު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ގައްދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކުރި ބައެއް ބަލި މީހުންނަށް ދިނީ މިދިޔަ މަހު މުއްދަތު ހަމަވެފައި ހުރި އައިވީތަކެކެވެ. އެކަމާ ގުޅިގެން އެ ރަށު ބައެއް މީހުން ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން ދާއިރު އެ މީހުން ހުއްޓުވަން ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ސިއްހީ މަރުކަޒުގައި އެޑްމިޓް ކޮށްފައި އޮތް ކުއްޖެއްގެ ގަޔަށް ގުޅާފައި ހުރި އައިވީ ވެސް އޮތީ މިދިޔަ މަހު ހަމަވެފައެވެ. އެ ވަގުތު އެތަނުގެ ތެރޭގައި އާންމުންގެ އިތުރުން ނަރުހުންނާއި ފުލުހުން ވެސް ހަރަކާތްތެރި ވަމުންދިޔައެވެ.

އެކަމާ ގުޅިގެން ގައްދޫ ސިއްހީ މަރުކަޒުން ވެސް އަދި ހެލްތު މިނިސްޓްރީންވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ގައްދޫ ސިއްޚީ މަރުކަޒު ކައިރީގައި ގިނަ ބަޔަކު ދަނީ މިކަން ހިނގައިދިޔަ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.