ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމަށް ގެނެސްގެން: ވަހީދު

ރާއްޖެ ދަރަނިން ސަލާމަތް ކުރެވޭނީ ގާސިމް ވެރިކަމަށް ގެނެސްގެން: ވަހީދު

ރާއްޖެ 120 ބިލިއަން ޑޮލަރުން ދަރާފައިވާ ކަމަށާއި އެ ދަރިން ސަލާމަތް ކުރެވޭނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވެރިކަމަށް ގެނެސްގެން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެއެވެ.

ހދ. ނެއްލައިދޫގައި މިއަދު ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރިކަމަކީ ކޮންމެ މީހަކާ ހަވާލު ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށާއި ކޮންމެ ކޮންމެ މީހަކާ ވެރިކަން ހަވާލުކުރުމުން ކަންތައްތައްވާ ގޮތް މިހާރު ފެންނަމުންދާ ކަމަށެވެ.

ރާއްޖޭގެ ހާލަތު އޮތީ މިނިވަންކަމަށް ވަރަށް ބޮޑަށް ނުރައްކާވާ ހާލަތުގައި ކަމަށާއި ހަމަ އެހެންމެ ރާއްޖެ މިހާރު އޮތީ ސަލާމަތް ނުވެވޭ ވަރަށް ދަރާ ވިކިފައި ކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ މި ކަހަލަ ކަންތައްތައް މިހެން ހުރީމާ އަޅުގަނޑުމެން އެބަ ޖެހޭ ކަންކަން ކުރަން ދަންނަ މީހަކު ހޯދަން. އެއީ އަޅުގަނޑުމެންގެ އިގްތިސޯދު ވެސް އެބަ ޖެހޭ ފުޅާކުރަން. ބައިވަރު މަސައްކަތްތައް ކޮށްފައި ހުރި މީހަކު، ތަޖުރިބާ ހުރި މީހަކު އެބަ ޖެހޭ ހޯދަން." ރައީސް ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ގާސިމް ބައިނަލްއަގުވާމީ މުހިންމު ފަރާތްތަކާ ގުޅުން އެބަ އޮތް ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ މިހާރު އަނެއްކާވެސް އޮތީ އެހީތައް ހޯދަން ޖެހޭ ދަނޑިވަޅަށް އައިސްފައި ކަމަށާއި ރާއްޖޭގެ ދަރަނިތަކުން ސަލާމަތްވުމަށްޓައި ބޭރުގެ ފަރާތް ފަރާތާ ގުޅައިގެން ހޯދެން ހުރި ހުރިހާ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު ކުރިމަތިލައްވާފައި ތިއްބެވި ކެނޑިޑޭޓުންގެ ތެރެއިން އެ މަސައްކަތް އެންމެ ރަނގަޅަށް ކުރެއްވޭނެ ބޭފުޅަކީ ގާސިމް އިބްރާހިމް" ރައީސް ވަހީދު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *