ޖެނުއަރީ ފުރަތަމަ 4 ދުވަހު މޯލްޑިވިއަންގެ ހާއްސަ ދަތުރު ތަކެއް ކޮޗިންއަށް

ޖެނުއަރީ ފުރަތަމަ 4 ދުވަހު މޯލްޑިވިއަންގެ ހާއްސަ ދަތުރު ތަކެއް ކޮޗިންއަށް

ގުޅުންހުރި

ޖެނުއަރީ ފުރަތަމަ 4 ދުވަހު ދުވަހު ގައުމީ އެއަރލައިން، މޯލްޑިވިއަންގެ ހާއްސަ ދަތުރުތަކެއް އިންޑިއާގެ ކޮޗިން އަށް ބާއްވަން ނިންމައިފިއެވެ.

އެގޮތުން ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮޗިންއަށް ބާއްވަން ހަމަޖެހިފައިވާ މި ދަތުރުތަކުގައި އެންމެ ކުޑަކޮށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ އެއްކޮޅު ޓިކެޓެއް 126 ޑޮލަރު ނުވަތަ 1946 ރުފިޔާއަށެވެ. އަދި މިއަދުންފެށިގެން ބުކިން ހެއްދުމަށް މޯލްޑިވިއަނުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މޯލްޑިވިއަނުން ނިމިދިޔަ ނޮވެމްބަރު މަހުވެސް ވަނީ ކޮޗިނުން މާލެއަށް އެއްކޮޅު ދަތުރުތަކެއް ބާއްވާފައެވެ. އެގޮތުން ނޮވެމްބަރު 27އިން 30އަށް ބޭއްވި މި ދަތުރުތަކުގެ ޓިކެޓް ވިއްކާފައި ވަނީ 7،474 އިންޑިއަން ރުޕީސް (1560 ދިވެހި ރުފިޔާ) އިން ފެށިގެންނެވެ.

އާ އަހަރުގެ ޗުއްޓީ އަކީ މީގެކުރިން ދިވެހިން ކައިރި ގައުމުތަކަށް ގިނަ އަދަދަކަށް ދަތުރު ކުރި ދުވަސް ތަކެކެވެ. ނަމަވެސް މިއަހަރު މުޅި ދުނިޔެ ކުރިމަތިލާފައި މިވާ ކޯވިޑް ޕެންޑަމިކްގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ވަނީ ގިނަ ދަތިތަކެއް ކުރިމަތިވެފައެވެ. ނަމަވެސް ރާއްޖެއަށް ފިނިމޫސުމުގެ ޗުއްޓީ ހޭދަކުރަން އަންނަމީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. އަދި ހާއްސަކޮށް އިންޑިއާ އަކީ މިފަހުން ރާއްޖެއަށް އެންމެ ގިނަ ބަޔަކު ދަތުރުކުރާ އެއް ގައުމުކަން ފާހަގަކޮށްލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ