ށ. ނޫމަރާގައި ގާސިމް ވާހަކަ ދައްކަވަނީ.

ކުއްލި މަރުތައް ގިނަވާތީ އެކަން ތަހުގީގު ކުރަން ގާސިމް ގޮވާލައްވައިފި

ކުއްލި މަރުތައް ގިނަވާތީ އެކަން ތަހުގީގު ކުރަން ގާސިމް ގޮވާލައްވައިފި

ރާއްޖޭގައި ކުއްލި މަރުތައް ގިނަވަމުންދާތީ އެކަން ތަހުގީގު ކުރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ނޯތު ހާބަރުގައި ހުއްޓާ ކުއްލިއަކަށް ހޭނިތެގެން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުހައްމަދު އަހުމަދު ދީދީ ވަނީ ނިޔާވެފައެވެ. އަދި ރޭ ފަތިހު  އިންސްޕެކްޓާ އޮފް ޕޮލިސް، އަހުމަދު މޫސާ ވަނީ ނިޔާވެފައެވެ.

ށ. ނޫމަރާގައި ބޭއްވެވި ކެމްޕެއިން ޖަލްސާގައި ގާސިމް ވިދާޅުވީ ކުއްލިއަކަށް މަރުތައް އަންނަމުންދާ ގޮތް ބަލަން ޖެހޭ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން މިކަމުގެ ތަހުގީގެއް ކުރަން ޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"މިއީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ކޮންމެވެސް ކަހަލަ ކަންތައްތަކެއް އޮތީ. މިކަމާ ބެހޭ ގޮތުން ދައުލަތުގެ މުއައްސަސާތަކުން ވަރަށް ސާފުކޮށް އެތެރެއާއި ބޭރު ފެންނާނެ ގޮތަށް އިންވެސްޓިގޭޝަނެއް ހިންގާ އެބަ ބަލަން ޖެހެ. މިކަމުގެ ހަބަރުތައް އެބަ އަންގައި ދޭން ޖެހޭ. މި ކީއްތޯ ވަނީ. ނުލާހިކު އާލާސްކަންފުޅެއް އަލާމާތެއް ވެސް ނެތް މީހަކު ޓަސްލާފަ އެ ދަނީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮންމެ އިންސާނަކުވެސް ދުނިޔެއާ ވަކިވާނެ ކަން އޭނާއަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް ކުއްލިއަކަށް މީހުން ނިޔާވަމުންދާތީ އެކަން ބަލަން ޖެހޭ ކަމަށެވެ.

ކޮވިޑްގެ ފަހުން ކުއްލި ކުއްލިއަށް މީހުން މަރުވުން ދުނިޔޭގައި ވެސް ވަނީ އެތައް ގުނައެއް އާންމުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *