ދީނީ ޢިލްމުވެރިންގެ ތެރެއިން، ސިޔާސީ ކަންކަމުގައި އެންމެ ފުންނާބު އުހީ އިމްރާން: ޑރ.އިޔާޒު

ދީނީ ޢިލްމުވެރިންގެ ތެރެއިން، ސިޔާސީ ކަންކަމުގައި އެންމެ ފުންނާބު އުހީ އިމްރާން: ޑރ.އިޔާޒު

ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންގެ ތެރެއިން ސިޔާސީ ކަންކަމުގައި އެންމެ ފުންނާބު އުސް ސިޔާސީ ބޭފުޅަކީ އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވީ ސަލަފް ޖަމްއިއްޔާގެ ޖަނާބް އިމްރަނާއި ގުޅޭގޮތުން ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ. އޭގެ ކުރިން އިމްރާން ވިދާޅުވީ ސިޔާސީ ކަންކަމުގެ ތެރެއަށް ޖަމްއިއްޔާ ޖަމާއަތްތަކުން ވަނުމަކީ ތާއީދު ކުރައްވާ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެއާއެކު ޖަނާބު ވިދާޅުވީ ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރިޔަސް ހަރުދަނާ މީހަކަށް ވާންޖެހޭކަމަށެވެ. އިމްރާންގެ ޓުވީޓް އަމާޒު ކުރެއްވީ ސަލަފާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒުއާއި ގާތް ގުޅުމެއް އޮންނަ ކަމަށްބުނެ ވާހަކަ ދެކެމުންދާ ދަނޑިވަޅެއްގައެވެ.

މިވާހަތަކާއި ގުޅިގެން އިޔާޒު ވިދާޅުވީ ކޮންމެ މީހަކަށްވެސް މާތް ރަސްކަލާންގެ އެކި ހުނަރާއި ޤާބިލްކަން ދެއްވާކަމަށެވެ. އޭގެ ތެރެއިން ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ އިލްމުވެރިންގެ ތެރެއިން ސިޔާސީ ކަންކަމަށް އެންމެ ފުންނާބު އުސް ބޭފުޅަކީ އިިމްރާން ކަމާއިމެދު ޝައްކު ނުކުރައްވާކަމަށެވެ.

މާތް ރަސްކަލާންގެ އެކި މީހުންނަށް ދެއްވަނީ އެކި ޢިލްމާއި ހުނަރު. އެއީ އެއިލާހުގެ ބެއްސެވުން. އެކަމަށް ރުހިޤަބޫލުވާންޖެހޭ. ދިވެހިރާއްޖޭގައި ދީނީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރެއިން ސިޔާސީ ކަންކަމުގައި އެންމެ ފުންނާބު އުސް ބޭފުޅަކަށްވާނީ ޝައިޚު އިމްރާން ކަމާއި މެދު ޙަޤީޤަތް ޤަބޫލުކުރާ އެއްވެސް މީހަކު އިންކާރެއް ނުކުރާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން އިމްރާނާއި، އަދާލަތު ޕާޓީއަކީ އިންތިޚާބު ތަކުގައި ވާދަކޮށްގެން މާބޮޑު ކާމިޔާބީތަކެއް ހޯދުނު ޕާޓީއެއް ނޫނެވެ. މިހާތަނަށް އެޕާޓީއަށް މަޖިލީހުން ކާމިޔާބު ކުރެވުނީ އެންމެ ގޮޑިއެކެވެ. މިހާތަނަށް އެޕާޓީން ރިޔާސީ އިންތިޚާބެއްގައި ވާދަކޮށްފައި ނުވެއެވެ. ކޮންމެ އިންތިޚާބެއްގައިވެސް އަދާލަތު ޕާޓީގެ ދައުރަކީ ބަޔަކަށް ވެރިކަން ހޯދުމަށްފަހު ސަރުކާރުގެ އެކި މަޤާމުތަކުން ޖާގަ ހޯދުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *