މުސާރައާއި، ވަޒީފާގެ ކުރިއެރުމުގެ މައްސަލާގައި ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒިފުން ވަޒީފާއަށް ނުނިކުމޭ!

މުސާރައާއި، ވަޒީފާގެ ކުރިއެރުމުގެ މައްސަލާގައި ޕީއެސްއެމްގެ ގިނަ އަދަދެއްގެ މުވައްޒިފުން ވަޒީފާއަށް ނުނިކުމޭ!

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2023 11:49
0

ދައުލަތުގެ މީޑިއާގެ މުސާރައާއި، ވަޒީފާގެ ކުރިއެރުން ލިބޭނެގޮތަށް ކުންފުނީގެ ސްޓްރަކްޗާއަށް ގެނައި ބަދަލާއިމެދު ގިނަ އަދަދެއްގެ މުވައްޒިފުން ހިންހަމަ ނުޖެހި ވަޒީފާއަށް ނުނިކުމެ ސަލާން ބުނެފިއެވެ.

އޮނިގަނޑަށް ފުރަތަމަ ބަދަލު ގެނައިއިރު ގިނަ މުވައްޒިފުންނަށް ބޮޑުވީ ވަރަށް ކުޑަ މިންވަރެކެވެ. އޭގެ ތެރޭގައި 30 ރުފިޔާއާއި 50 ރުފިޔާގެ ކުރިއެރުން ލިބުނު މުވައްޒިފުން ގިނައެވެ. އަދި ގެނައި ބަދަލާއިއެކު ބައެއް މުވައްޒިފުންގެ މުސާރަ ކުޑަވެ، މަޤާމުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އައެވެ.

މިބަދަލާއިއެކު ހިންހަމަ ނުޖެހި ކަންބޮޑުވުން ފާޅުކުރި މުވައްޒިފުންގެ ތެރެއިން އެކުންފުނީގެ އެންމެ މުހިންމު މަސައްކަތެއް ކުރާ ޓެކްނިކަލް ޑިޕާޓްމަންޓުގެ މުވައްޒިފުން ވަނީ ކުންފުނީގެ ކުންފުނީގެ އެމްޑީއާއި، އެޗްއާރުގެ އިސްވެރިންނާއި ބައްދަލު ކޮށްފައެވެ. މިބައްދަލުވުމުގައި މުވައްޒިފުންގެ ކަންބޮޑުވުން ފާޅު ކުރުމުން އެޗްއާރު ހެޑަކަށް ހުންނަވާ ބޭފުޅާވަނީ މުވައްޒިފުންނާއި ޒުވާކޮށް ހައްދަވާފައެވެ. އެދުވަހުގެ ބައްދަލުވުމުގައި ކުންފުނީގެ އެމްޑީ އަލީ ޚާލިދު ވިދާޅުވީ އެބައްދަލުވުމަށް އައި ގިނަ މުވައްޒިފުންނަކީ ވަރަށް ނާތަހުޒީބު ބައެއް ކަމަށެވެ. އެ އެމުވައްޒިފުންނާއި ވާހަކަ ދައްކާނީ ތަހުޒީބު ވުމުންކަމަށެވެ.

އެދުވަހުގެ ބައްދަލުވުމަށްފަހު އެކި ގޮތްގޮތުން މުވައްޒިފުން ކުރި މަސައްކަތުން އަނެއްކާވެސް އިއްޔެ ވަނީ މުވައްޒިފުންގެ ކުރިއެރުމާއި، މުސާރައަށް ބަދަލު ތަކެއް ގެނެސްފައެވެ. ނަމަވެސް މިބަދަލުންވެސް އެއްވެސް ކުރިއެރުމެއް އައިސްފައިނުވާތީ ނުވާތީ ކުންފުނީގެ ޓެކްނިކަލް މުވައްޒިފުންގެ ތެރެއިން 21 މުވައްޒިފަކު ވަނީ އޮފީހަށް ސަލާން ބުނެފައެވެ. އަދި އެހެން ޑިޕާޓްމަންޓުތަކުންވެސް ވަނީ ގިނަ އަދަދެއްގެ މުވައްޒިފުން ސަލާން ބުނެފައެވެ.

މިއީ ހެދުނު ޝިފްޓުގައި މަސައްކަތް ކުރި މުވައްޒިފުންގެ ތެރެއިން ސަލާން ބުނި މުވައްޒިފުންގެ އަދަދެވެ. މިއަދު ހަވީރު ޝިފްޓުންވެސް ގިނަ މުވައްޒިފުންތަކެއް ސަލާން ބުނާނެކަމަށް މައުލޫމާތު ލިބިފައެވެ. ޕީއެސްއެމްގެ މިހާރު އޮތް މެނޭޖްމަންޓަށް ތަން ނުހިންގި އެތައް މުވައްޒިފުންނެއް އޮފީހުން ކެޑިގެން ވަނީ ގޮސްފައެވެ. ޕީއެސްއެމްގެ މުވައްޒިފުންގެ ތެރޭރައި ވަޒީފާކުރި އެރުން މިވީ 5 އަހަރު ތެރޭ ނުލިބޭ އެތައް މުވައްޒިފުންނެއް އެބަތިއްބެވެ.

ޕީއެސްއެމްގެ މައްސަލަތަކުގައި ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް ކަމާއި ގުޅުންހުރި އިސް ފަރާތްތަކަށް މިމައްސަލަތައް ހުށަހެޅި ނަމަވެސް ކުންފުނީގެ ހިންގުމަށް އެއްވެސް ބަދަލެއް ސަރުކާރުން ގެނެސްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބެއްޔާ
އަލީ ޚާލިދު ވަކިކޮށްލާ!! އޭނަ އަކީ ގާބިލް މީހެއް ނޫން. އެޗް އާރް ހެޑް ވެސް ވަކިކޮއްލާ. ދެމީހުންނަކީވެސް މުވައްޒަފުންނާ ޑީލް ކުރެވޭ ވަރަށްވުރެ ކޮލިޓީ ދަށް، ރުންކުރު، ހިންގުން ތެރިކަން ނެތް ދެމީހުން. ދެމީހުންވެސް ރަގަޅުވާނީ ރިހަ ކައްކަން.
ސ ސާސް
ސިވިލް ގެ މުވައްޒަފުނަށް ކުރިއެރުން ނުލިބޭތާ 14 އަހަރު ވެއްޖެ