ޅ. ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢު ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވ،ީ ޑިރެކްޓަރ ޖެނެރަލ،ް އަލްފާޟިލާ ފާތުމަތު ޝާނާ ފާރޫޤެވެ.
6,000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރު ރައްޔިތުން ޢާއްމުކޮށް ހަރަކާތްތެރިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައެވެ. ނައިފަރުގައި ބޮޑު އާބާދީއެއް ދިރިއުޅުމާއެކ،ު މި ރަށުގެ ބިންވަނީ އެއްކޮށް ފުރި ބާރުވެފައެވެ. އެގޮތުނ،ް ބޯހިޔާވަހިކަމާ އެހެނިހެން ސިނާއީ ބޭނުންތަކަށް ބިން ނުލިބުމުގެ މައްސަލައަކ،ީ އެކަމަކަށް ނައިފަރު ރައްޔިތުން އެންމެ ބޮޑު ހައްލަކަށް ބޭނުންވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލައެވެ. މީގެ އިތުރުނ،ް ރަށްގިރުމަކީވެސް މިރަށު ރައްޔިތުން އެތައް ޒަމާނެއްވަންދެން ތަޙައްމަލު ކުރަމުންއައިސްފައިވާ ބޮޑު މައްސަލައެކެވ.ެ މިއަދު ސޮއެކުރެވޭ ނައިފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކ،ު މުސްތަޤުބަލުގައި ގޯތިގެދޮރު އެޅުމަށާއި ސިނާޢީ މަސައްކަތްތައް ކުރުމަށް ނައިފަރުގެ ރައްޔިތުންނަށް ބިން އިތުރުވެގެންދާނެއެވެ.
MTCC has signed an agreement with @MoNPHImv towards implementation of Lh. Naifaru Land Reclamation and Shore Protection Project. COO Shahid Hussain Moosa signed on behalf of MTCC and Ms. Fathimath Shaana Farooq, DG, signed on behalf of Ministry.
Scope of works include, 20.95… pic.twitter.com/XOtkS0JWeo
— MTCC Plc (@MTCCPlc) August 20, 2023
އަދ،ި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމުމާއެކު، އަލަށް ހިއްކޭ ސަރަހައްދު ރަށް ގިރުމުގެ ނުރައްކަލުން ހިމާޔަތްކުރެވިގެން ދާނެއެވެ. މި މަޝްރޫޢުގެ ދަށުނ،ް 20.95 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 359 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމާއ،ި 1,600 މީޓަރުގެ ލޯ ކްރެސްޓެޑް ބޭރުތޮއްޓެއް ލުމާއ،ި 180 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫޢަކީ 141.29 މިލިއަން ރުފިޔާއަށް 330 ދުވަސް ތެރޭ ނިންމުމަށް މިކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.