އައިއޯއައިޖީ: ރާއްޖޭގެ ޓެނިސް ޓީމަށް އޮތް ފަހި ފުރުސަތެއް

އައިއޯއައިޖީ: ރާއްޖޭގެ ޓެނިސް ޓީމަށް އޮތް ފަހި ފުރުސަތެއް

ގުޅުންހުރި

މަޑަގަސްކަރާގައި މި މަހު 25 ވަނަ ދުވަހު ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ގައުމީ ޓެނިސް ޓީމުން ވާދަކުރާއިރު، މި ގޭމްސް އަކީ އެކި ގޮތްގޮތުން ބަލާއިރު، ވަރަށް ފަހި ފުރުސަތުތަކެއް ޓެނިހަށް އޮތް ގޭމްސް އެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އިންޑިވިޖުއަލް ކުޅިވަރުތަކުގެ އެތުލީޓުން އަންނަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ގޮތުން، ސަރުކާރާއި އޮލިމްޕިކް ކޮމިޓީގެ އިތުރުން ޓެނިސް އެސޯސިއޭޝަން ގުޅިގެން ކުރަމުން އަންނަ އެކި މަސައްކަތުގައި ޓެނިހުން ލިބޭ ފުރުސަތުތައް އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.

އެ ގޮތުން، މީގެ ކުރިން އެއް ފަަހަރު އައިއޯއައިޖީގައި ވާދަކޮށް ޓެނިހަށް ހަތަރު ވަނަ ލިބިފައިވުމަކީ، ކުރިއަށް ދިއުމަށް ބަލާއިރު، އުންމީދު އާ ވެގެންދާ ކަމެކެވެ. އެއީ، 2015 ވަނަ އަހަރުގެ އައިއޯއައިޖީގައި ހަތަރު ވަނަ ލިބިފައި އޭގެ، އަހަރުތަކެއް ފަހުން،ރާއްޖޭން އަނެއްކާ ވެސް އައިއޯއައިޖީގެ ޓެނިސް އިވެންޓްގައި ވާދަކުރަން ތައްޔާރުވާއިރު، މި ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ޒުވާން ކުޅުންތެރިންތައް ވިދާލައި، ބައިނަލްއަގުވާމީ ލެވަލްގައި ވެސް ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ޓެނިސް އެސޯސިއޭޝަނުން ދުރު ރާސްތާ ވިސްނުމެއްގެ ތެރެއިން ޒުވާން ކުޅުންތެރިން ޑިވެލޮޕްކުރަން ރާއްޖޭގައި މިދިޔަ އަހަރު ވަނީ ބައިނަލް އަގުވާމީ ޓެނިސް މުބާރާތެއް ލޯންޗްކޮށްފަ އެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ރައީސް އަހުމަދު ހަފީޒް، ވިދާޅުވާ ގޮތުގައި މިދިޔަ އަހަރު ފެށި މޯލްޑިވްސް ޓެނިސް ޗެލެންޖް، ކޮންމެ އަހަރަކު ވެސް ބާއްވައި، އަހަރުން އަަހަރަށް ވީހާ ވެސް ބޮޑު އިވެންޓެއްގެ ގޮތުގައި ބޭއްވުމަކީ ހާއްސަ އަމާޒެކެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ އެންމެ ބޮޑު ބޭނުމަކީ، މުސްތަގުބަލުގައި ރާއްޖޭގެ ޓެނިސް ކުޅުންތެރިން ބައިނަލްއަގުވާމީ މުބާރާތްތަކަށް ދާއިރު، އެ ލިބެން ޖެހޭ ތަޖުރިބާތައް ވީ އެންމެ ފުރިހަަމަ އަކަށް ލިބިފައި ބޭއްވުމުގެ ގޮތުންނެވެ.

ހުރިހާ ވިސްނުމަކުން ބަލާއިރު، ރާއްޖޭގެ ޓެނިސް ކުޅުންތެރިންނަށް މި ފަަހަރުގެ އައިއޯއައިޖީ އަކީ ކުރިއަށް ދިއުމަށް ބަލާއިރު، ރަނގަޅު ފުރުސަތެކެވެ. މިހާރު ހުރި ލެވަލް ވަޒަންކޮށްލައި، މުސްތަގުބަލަށް ފޯކަސް ކުރަން ޖެހޭ މުހިންމު ކަންކަން ދެނެގަނެވޭނެ ބޮޑު ފުރުސަތެއް ވެސް މެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ