ރާއްޖޭގެ ތާރީހުގައިވެސް އޮންލައިންކޮށް ޕާޓީގެ އެތެރޭގެ އިންތިޚާބެއް ބޭއްވުމަށް އަދާލަތު ޕާޓީން ތައްޔާރުވެއްޖެއެވެ.
އަދާލަތު ޕާޓީން ބުނެފައިވަނި މިވަގުތު ދުނިޔެއަށާއި ރައްޖެއަށް ދިމާވެފައިވާ ކޯވިޑް-19ގެ ޙާލަތުގެ ސަބަބުން އެންމެ ރައްކާތެރި ގޮތަކީ އޮންލައިން އިންތިޚާބަކަށް ދިޔުންކަމަށް ފެންނާތީ ދާއިރާ ރައީސުންގެ އިންތިޚާބު 2020 ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އީ-ވޯޓީން މެދުވެރިކޮށް ކަމުގައެވެ. އަދި ކުރިއަށްދާ އިންތިޚާބުތަކުގެ ހުރިހާ ކެނޑިޑޭޓުންވެސް މިކަމަށް ވިސްނުންބަހައްޓައިގެން އިންތިޚާބުގެ ކަންކަނ ކުރިއަށްގެންދިޔުމަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފައެވެ..
ދާއިރާ ރައީސުންގެ އިންތިޚާބު 2020 ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އީ-ވޯޓީން މެދުވެރިކޮށް ކަމުގައި ވާތީ މިއިންތިޚާބުގައި ވޯޓްލާ ކޮންމެ ފަރާތެއްގެ މޯބައިލް ނަންބަރު ބޭނުންކުރަން ޖެހޭނެތީ އީ-ވޯޓިންގގައި ވޯޓްލުމަށްޓަކައި ބޭނުންކުރާނެ މޯބައިލް ނަންބަރު ރަޖިސްޓްރީކުރަން ހުޅުވާލެވިފައިވާކަން އެޕާޓީން ބުނެއެވެ. އަދި މޯބައިލް ނަންބަރު ރަޖިސްޓްރީ ކުރުމަށްޓަކައި މި އިޢުލާނުގައިވާ ލިންކުގައިވާ އޮންލައިން ގޫގުލް ފޯމް މެދުވެރިކޮށް ނުވަތަ އައި ޑީކާޑު ކޮޕީއަކާއި އެކު ސިޓީއަކުން އެކަމަށްއެދި 15 ޑިސެމްބާރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 02:00 ގެ ކުރިން ހުށަހެޅުއްވުމަށް ވަނީ ދަންނަވާފައެވެ.
އަދި ޕާޓީގެ އީމެއިލް [email protected] ނުވަތަ ވައިބާރ ނަންބަރު 9903231 މެދުވެރިކޮށް ވެސް މޯބައިލް ނަންބަރު ރެޖިސްޓްރީ ވުމަށް ހުށައެޅިދާނެކަމަށް އަދާލަތު ޕާޓީން ބުނެއެވެ.
ކޮމެންޓު ފޮނުވާ