ސެމްބެ އައްޑޫ ސިޓީއަށް، މުއިއްޒު މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ!

ސެމްބެ އައްޑޫ ސިޓީއަށް، މުއިއްޒު މާދަމާ އައްޑޫއަށް ވަޑައިގަންނަވަނީ!

Author
މުޙައްމަދު ޝަޒައިމް
20 އޮގަސްޓް 2023 09:02
0

ރިޔާސީ ކެމްޕޭންގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އައްޑޫ ސިޓީއަށް ސެމްބެ ކުރާ ދަތުރުގައި ފުރީ ރޭގެ ވަގުތެއްގައެވެ. ސެމްބެއާއިއެކު ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫންވެސް މިދަތުރުގައި ބައިވެރިވެއެވެ. ރޭ ދަންވަރުގެ ވަގުތެއްގައި ސެމްބެ އައްޑޫއަށް ވަޑައިގެންނެވި ނަމަވެސް އެސިޓީގެ ގިނަ ބަޔަކު ވަނީ އެއާޕޯޓުން ސެމްބެއަށް މަރުހަބާ ދަންނަވާފައެވެ.

ސެމްބެ އައްޑޫއަށް ވަޑައިގެންފައިވާއިރު މާދަމާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުއާއި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ ސިޓީއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮތް ސިޓީއަށްވާއިރު އެސިޓީގެ ރައްޔިތުންގެ އުންމީދުތައް ހާސިލް ކޮށްދެއްވުމަށް ޑރ.މުއިއްޒު މުހިންމު ވައުދުތަކެއް ވެވަޑައި ގަންނަވާނެކަމަށް ބެލެވެއެވެ. މާދަމާ ޑރ.މުއިއްޒު އައްޑޫ ސިޓީއަށް ވަޑައި ގަންނަވާއިރު މިރޭ މެނިފެސްޓޯ އިފްތިތާހު ކުރުން އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.