އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ގައުމީ ފެތުންތެރިއަކު ފަތަނީ - ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ

އައިއޯއައިޖީ އަށް ގައުމީ ފެތުންތެރިން ތައްޔާރު، މެޑަލް ޓާގެޓާއި ރެކޯޑަށްވެސް ފޯކަސް

އައިއޯއައިޖީ އަށް ގައުމީ ފެތުންތެރިން ތައްޔާރު، މެޑަލް ޓާގެޓާއި ރެކޯޑަށްވެސް ފޯކަސް

ގުޅުންހުރި

މި މަހު 25 ގައި މަޑަގަސްކަރާގައި ފަށާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ބައިވެރިވާ ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުންގެ އަމާޒަކީ އައިއޯއައިޖީގައި ގިނަ ގައުމީ ރެކޯޑްތަކެއް އާކުރުމާއި މެޑަލް ޓާގެޓަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރުން ކަމަށް ގައުމީ ފެތުންތެރިން ބުނެފިއެވެ.

އައިއޯއައިޖީ އަށް ގައުމީ ސްވިމިންގް ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދާއިރު، މި ފަހުން ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ވޯލްޑް ސްވިމިންގް ޗެމްޕިއަންޝިޕްގައި ވެސް ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފައެވެ.

އައިއޯއައިޖީގެ ކުރިން ޓީމް މޯލްޑިވްސް މީޑިއާއަށް ދިން އިންޓަވިއުގައި ސްވިމިންގް ޓީމުގެ އެތުލީޓުން ބުނީ އައިއޯއައިޖީގައި ވާދަކުރާ އެހެން ގައުމުތަކަކީ ރާއްޖެއާ ބަލާއިރު، ފެންވަރު ރަނގަޅު ގައުުމުތަކެއް ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެތުލީޓުން އެގައުމުތަކުގެ އެތުލީޓުންނާ ވާދަކުރެވޭ ވަރަށް ކުރިއަރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން، އައިއޯއައިޖީގައި މެޑަލް ހޯދޭވަރަށް ކައިރި މުސްތަގުބަލެއްގައި ސްވިމިންގް ޓީމު ކުރިއަރާނެ ކަމަށް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ބުނެފައިވެއެވެ.

ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ބުނީ މަޑަގަސްކަރާގައި އައިއޯއައިޖީ ކުރިއަށްދާއިރު، މޫސުން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެކޮޅުގައި ޕޫލް ކޮންޑިޝަނަށް ބަލާއިރު، އެކޮޅުގައި ފަތަން ޖެހޭނީ ހޫނުނުކުރާ ޕޫލެއްގައި ކަމަށެވެ. އެހެންވެ އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށް ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ފާހަގަކޮށްފައެވެ.

ސްވިމިންގް ޓީމުގެ އެއިމް އަކީ ވީހާ ވެސް ގިނަ ނެޝަނަލް ރެކޯޑް ބްރޭކްކުރުން. އެކަމަކު މިފަހަރު ވެދާއަކީވެސް 14-25 ޑިގްރީސް. ޕޫލްވެސް އެއްވެސް ވަރަކަށް ހީޓެއް ނޫން. މި ތާނގަ މި ފަތަނީ ވަރަށް ސަނީކޮށް ހޫނުކޮށް ޕޫލް އޮއްވަ. އެހެންވެ ވީ ވިލް ޑެފިނީޓްލީ ވިލް ނޮޓް ޔޫސްޓު ވެދާ. އެކަމް ހޯޕިންގް ފޯ ދަ ބެސްޓް.

– ހަމްނާ އަޙްމަދު ބުންޏެވެ.

ގައުމީ ސްވިމިންގް ޓީމުން އަންނަނީ އަހަރުން އަހަރަށް ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން މި ފަހުން ނިމުނު ވޯލްޑް ޗެމްޕިއަންޝިޕުގައިވެސް ގައުމީ ސްވިމިންގް ޓީމުގެ އެތުލީޓުން ވަނީ ގިނަ ގައުމީ ރެކޯޑްތަކެއް އާކޮށްފައެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ފެތުންތެރިން ކުރިއަރުވަން އަަހަރުން އަހަރަށް ޕްލޭން ހަދައިގެން ކުރިއަށްދާ އެންމެ ބޮޑު ސަބަބަކީ އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް މެޑަލް ހޯދައިގެން ވެސް ކުރިއެރުން ވަޒަންކުރަން ފެށުމެވެ. އެ ގޮތުން، ވީހާ ވެސް ބޮޑަށް ބައިނަލްއަގުވާމީ ލެވަލްގައި ލިބޭ ފުރުސަތުތަކުގައި އެކި އެކި އެތުލީޓުންނަށް ޖާގަ ދީގެން ތަޖުރިބާ ހޯދައިދީ މުސްތަގުބަލަށް ގިނަ އެތުލީޓުން ބިނާކުރެއެވެ.

އިންޑިއާގެ ގުވަހާޓީ އާއި ޝިލޯންގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސްވިމިން އިން މެޑަލް ހާސިލްކުރިއިރު، އޭގެ ފަހުން މެޑަލް ޓާގެޓްގެ މަސައްކަތަށް ސްވިމިން އެސޯސިއޭޝަނަށް ހިތްވަރު ލިބިފައިވެއެވެ. އަދި މި ވަގުތު އަރަމުން އަންނަ އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިން ސްކޮލަޝިޕްތަކާއި މުބާރާތުގެ ފުރުސަތުތައް ލިބެމުންދާ ވަރަކަށް މާ ދުރު ނޫން މުސްތަގުބަލެއްގައި ރާއްޖެ އަށް ސްވިމިން އިން ވެސް ރަނގަޅު ލެވަލްގައި މެޑަލް ހޯދިދާނެ ކަމުގެ އުންމީދު އެސޯސިއޭޝަނުގެ އެބައޮތެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ސްވިމިން އިން ކުރެވުނު މަސައްކަތުގެ ނަތީޖާ ބިނާވެފައި އޮތް އެއް ގޭމްސް އަކީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށެވެ. އެހެންކަމުން، މި ފަހަރުގެ އައިއޯއައިޖީ އަށް ގޮސް، އެ ދިމާވާ ގޮންޖެހުންތަކުގެ ތެރެއިން ވެސް، ބޭނުންވާ ޓާގެޓްތަކަށް ކުރެވެން ހުރި މަސައްކަތެއް ކުރުން އެއީ ސްވިމިން ޓީމުގެ އެންމެ އިސް އަމާޒެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ