ގޯތީގެ ގުރު ނެގުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ: ސަރުކާރު

ގޯތީގެ ގުރު ނެގުމުގައި އެއްވެސް ނުފޫޒެއް ނޯންނާނެ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
18 އޮގަސްޓް 2023 11:26
0

މާލޭ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަަކަށް ބިން ދޫކުރާނެ ސަރަހައްދު ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތު ނެގުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާނެ ޖާގައެއް ނޯންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިފަދައިން ވިދާޅުވެފައި މިވަނީ މާލޭ ސަރަހައްދުން ހިލޭ ދޫކުރާ ބިންތަކުގެ ތެރެއިން، ބިން ލިބޭތަން ކަނޑައަޅަން ނަގާ ގުރުއަތުގެ ތެރެއިން މަކަރު ހަދައި ވަކި ބަޔަަކަށް ހުޅުމާލެއިން ބިން ދޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މާލެ ސަރަޙައްދުން ހިލޭ ގޯތި ދޫކުރަން ނިންމެވި ހިސާބުން ފެށިގެން މިހާތަނަށްވެސް މަސައްކަތްކުރަމުން އައިސްފައިވަނީ އިންސާފުވެރިކަމާއެކު ހަމަހަމަ އުޞޫލެއްގެ ދަށުންކަމަށެވެ. އަދި ގޯތި ގުރުނެގުމުގެ މަސައްކަތާއި ގޯތި ކެނޑުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވަނީ ވަކި ކޮޅަކަށް ބުރަނުވެ، އިންސާފުވެރި ކަމާއެކުގައިކަމަށް އޭނާ ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ގުރުނެގުމަށް ތައްޔާރުކޮށްފައިވަނީ 8 ފޮށި ކަމަށާއި އެފޮށިތަކުގައި ގޯއްޗަށް ޝަރުތުހަމަވާ އެންމެންގެ ޕްލޮޓް ނަންބަރު ޖަހާފައިވާ ކަރުދާސްތައް ހުންނާނެކަމަށެވެ. އަދި އެ ކަރުދާސްތައް ޕްރިންޓްކޮށްފައިވަނީ އެއްކުލައެއްގައިކަމަށާއި އެ ފޮށިތައް ހުޅުވާ އަދި ބަންދުކުރަނީވެސް ގޯތިި ލިބުނު މީހުންގެ ހާޒިރުގައިކަމަށެވެ.

ގުރުއަތުލުމަށް ނުދާ ފަރާތްތަކުގެ ކަރުދާސްކޮޅު މިނިސްޓްރީގެ އޮފިޝަލުން ނަގާކަމަށް ބުނާ ވާހަކަތައްވެސް މިނިސްޓްރީން ދޮގުކުރެއެވެ. މިނިސްޓްރީން ވިދާޅުވީ މިމަހުގެ 20 ވަނީ ދުވަހުގެ ނިޔަލަށް ގުރުއަތުލުން ކުރިއަށްދާނެކަމަށާއި، ގުރުއަތުލުމަށް ނާންނަ މީހުންނަށް އެ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. ބިންވެރިޔާ ސްކީމަށް ހުޅުވާލުމުން 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18955 މީހުންގެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގޯތި ކެނޑުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގޯތިވަގު
ކައޭމެންނަކައްް ވައްކަމާނުލާާ އެއްވެސްް ކަމެއްނުކުރެވޭނެެ މިހާރުވެސްް ހުޅުމާލޭންް ގުރުދިމާވަނީީ ހަމައެކަނިި ގާތްމީހުންނައްް އެހެންތަވާނީި ގުރުނަގަންދާއިރުު ގާތްމީހުންނައްް ވާގޯތިި ތަކައްވާާ ކަރުދާސްތައްް ހުންނަނީީ އަކުރަމްކަމާލުއްދީންް އާާ އަސްލަމްއާާ ދެންމަސައްކަތްކުރަންތިބިމީހުންް ނަގާފޮރުވާފަަ އެހެންތަވާނީި އެކިމީހުންނައްް އެކިދުވަހުު އެކިގޮތްގޮތައްް ގުރުނެގީމާާ ކައޭމެންނާގުޅުންހުރިި އެންމެންނައްް އެމީހަކައްް ގުރުންދިމާވާނެެ ބިންއޮންނަތަންވެސްް އެގޭޭ އެއީީ ހަމަގުރުނަގަންް މޮޅައްދަސްކޮއްލީމާާ ލިބޭފައިދާދޯޯ ބުނަންތަަ ތިގޯތިދީގެންް ހީނުކުރާތިި އަހަރަމެންގެެ ބޯކާލެވޭނެކަމައްް މިފަހަރުު ތިދިންލަގާާ ވޯޓުންް ﷲގެެ އިރާދަފުޅުންް ބޮޑުތަނުންނޫނެކޭބުނެދައްކާނަންް ވޯޓްކާންދޭނަންް ނޫނީީ އަލުންް އެގުރޫޕެއްގެެ ގުރުނަގަންފަށާގޮތައްް ނިންމާފަަ އެންމެންގެެ ހާޒިރުގަަ އަނެއްގުރޫޕަކައްދޭޭ އަދިި މިމީހުންނަކައްނޭގެޔޭޭ ލިޔަންކިޔަންވެސްް އެހެންނޫންނަމަަ ކޮންމެދުވަހަކުު ގޯތިދިންމީހުންގެެ ނަންތަކާާ ގޯތިދިންތަންތަންވެސްް ކުޑަމިނުންް ހާމަކުރީސްތަަ އެހެންވާނެތަަ ގުރުތައްއޮންނަނީީ މާކުރިންް ހަވާލުކޮއްފަަ ވީމައެގޮތަކައްް ނުހެދޭނެއްނުު މިހާރުު އެތިބީީ އެމީހުންބޭންމީހުންނައްް ގޯތިތައްް ދީި ރަޖިސްޓްރީވެސްް ހައްދާފަަ ދެންސަރުކާރުންް މިމީހުންް އިތުރުދައުރަކައްް އަތުވެއްޖެއްޔާާ ހިޔެއްނުވޭޭ ތިކަންތަކާއުޅޭނެހެނެއްވެސްް ދެންބަލާނީީ ފަހުގެެ ވައުދުތައްް ހާވަންް އެއިންއެއްވެސްކަމެއްް ނުނިންމާނެެ ހެޔޮނުވާނެެ ތިމީހުންނައްވޯޓުދޭން ތީމުޅުގައުމުގެެ ހަލާކުންް
އ އަބްދު
ގުރުނެގުމުގެ ކުރިން ވަކިތަނަކުން ފޮއްޱަށް ކަރުދާސް ބަންދުކޮށްގެން ގެނެއި ކީއްވެތޯ؟ 2050 ވަނަ ފޮށީގަ ހުރީ ގުޅީފަޅު އެކަނި ތޯ
1250 ގަ ވެސް ގިނައިން ހުރީ ގިރާވަރު.