ޤަވާއިދާއި ޚިލާފަށް މަސްވެެރިކަން ކުރަމުންދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި

ޤަވާއިދާއި ޚިލާފަށް މަސްވެެރިކަން ކުރަމުންދިޔަ ލަންކާ ބޯޓެއް އަތުލައިގެންފި

Author
މުޙައްމަދު ޝަޒައިމް
16 އޮގަސްޓް 2023 10:33
0

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީ ލަންކާގެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހަތް މީހުންނާއެކު ހއ.ފިއްލަދޫގެ އިރުން 15.2 ނޯޓިކަލް މޭލު ބޭރުގައި މި ބޯޓު މަސްވެރިކަން ކުރަމުންދާކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓް ކުރީ އެ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ "ދުރުރާސްތާ 10″ ދޯނިންނެވެ.

މި ބޯޓު މިހާރު ވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރަށް ވައްދާފައެވެ. އަދި މި ބޯޓު މާލެ ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.