ރާއްޖޭގެ އެންމެ ދެކުނަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓު އޮފީހުންވަނީ މިއަދު 10:00 އިން ފެށިގެން 16:00 އާ އާހަމައަށް ގއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެއޮފީހުން ލަފާކުރައްވަނީ ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
Strong winds and rough seas expected. pic.twitter.com/UICZG1108i
— Maldives Meteorology (@MetMaldives) December 6, 2020
ރާއްޖޭގެ އުތުރުން ސްރީލަންކާގެ ގަލްފް އޮފް މަނާރުގައި އުފެދުނު ބުރެވި ތޫފާންގެ ބާރު ދަށްވެ، މިސަރަހައްދުގެ މޫސުމަށް އައި ބަދަލުތައް މިހާރު ދަނީ ރަނގަޅުވަމުންނެވެ. އަދި މިތޫފާނާއި، އަދި މިސަރަހައްދުގައި އުފެދުނު ކޮޅިގަނޑުގެބާރުވެސް މިހާރު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ.
ކޮމެންޓު ފޮނުވާ