ތުރުކީއިން ފުރައިގެން އޮސްޓްރޭލިއާއަށް ދަތުރުކުރަމުންދިޔަ ބޭރުގެ އާގު ބޯޓެއްގައި އޮތް ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއެކު ލ.ގަމަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ "މޭސޯރާ" ނަމަކަށް ކިޔާ މި ކާގޯ ބޯޓްގައި ހުރި އުމުރުން 40 އަހަރުގެ ފިލިޕީންސް ފިރިހެން ފަޅުވެރިއެއްގެ ބޮލަށް ގެއްލުން ލިބިގެން ސިއްޙީ އަވަސް ފަރުވާއަށް އެދި އެމްއެންޑީފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގެ އެހީތެރިކަމަށް އެދިފައިވަނީ އިއްޔެ ހަވީރު 17:30 ހާއިރުއެވެ.

މި ރިޕޯޓް ލިބުމާ ގުޅިގެން ރާއްޖޭގެ ކަމަބޭހެ އިދާރާތަކުގެ ހުއްދައާއެކު މިބޯޓް މިއަދު ލ.ގަމު ހުޅަނގު ދެކުނުން 30 ނޯޓިކަލް މޭލަށް، ކައިރި ކުރުމުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި ބަލިމީހާ މިއަދު ހެނދުނު 08:30 ހާއިރު ވަނީ ލ.ގަމަށް ގެންގޮސްދީފައެވެ. މި މީހާއަށް މިހާރު ފަރުވާދެމުންދަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައެވެ.
މި ބޯޓަކީ ރާއްޖޭގެ ހުޅަނގުން 150 ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުންދިޔަ ލައިވް ސްޓޮކް އުފުލާ އާގުބޯޓެކެވެ.
ކޮމެންޓު ފޮނުވާ