އަންކިތާ ގެ ބައްޕަ މަރުވެއްޖެ

އަންކިތާ ގެ ބައްޕަ މަރުވެއްޖެ

Author
ފާތިމަތު ނާވީ
16 އޮގަސްޓް 2023 03:53
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަންކިޔާ ލޯކަންޑޭގެ ބައްޕަ ޝަޝީކާންތު ލޯކަންޑޭ މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ މީގެ ތިން ދުވަސް ކުރިން  މި މަހުގެ 12 ވަނަ ދުވަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 11:45 ހާއިރު އެވެ. މަރުވި އިރު އޭނާގެ އުމުރަކީ 68 އަހަރެވެ. ޝަޝީކާންތު މަރުވި ސަބަބެއް، ނޭނގުނު ނަމަވެސް އޭނާ ބަލިވެ އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

 

View this post on Instagram

 

A post shared by Koimoi.com (@koimoi)

އަންކިތާ އަކީ އޭނާގެ ބައްޕައާ ވަރަށް ގާތް މީހެކެވެ. ހާއްސަ މުނާސަބަތުތަކުގައި "ޕަވިތުރަ ރިޝްތާ" ގެ ބަތަލާ އަބަދުވެސް ސޯޝަލް މީޑިއާގައި ބައްޕައަށް ތަހުނިޔާ ކިޔައެވެ. މިއަހަރުގެ ބައްޕައިންގެ ދުވަހުގެ މުނާސަބަތުގައިވެސް އަންކިތާ ވަނީ ވަރަށް އޭނާގެ ބައްޕަ އަށް ހާއްސަ ޕޯސްޓެއް ކޮށްފައިއެވެ.

އަންކިތާގެ ބައްޕަގެ މަރުގެ ހަބަރާއި އެކުގައި ޖަނާޒާގައި ބައިވެރި ވުމަށް ބޮލީވުޑްގެ އިތުރުން ޓިވީ ގެ ގިނަ ތަރިންތަކެއް ވަނީ ޒިއާރާތް ކޮށްފައިއެވެ. އެގޮތުން މުރުނާލް ޓާކުރު އާއި މޯނީ ރޯއި ފަދަ ތަރިން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.