އަކްޝޭ އަކީ މިހާރު އިންޑިއާގެ ރައްޔިތެއް

އަކްޝޭ އަކީ މިހާރު އިންޑިއާގެ ރައްޔިތެއް

Author
ފާތިމަތު ނާވީ
17 އޮގަސްޓް 2023 08:57
0

ކެނެޑާގެ ރައްވެހިކަން އޮންނާތީ ގިނަ ބައެއްގެ ފުރައްސާރަ ލިބެމުން އަންނަ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އިންޑިއާގެ ރަށްވެހިކަމަށް ބަދަލުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި އެ ގައުމުގެ 76 ވަނަ މިނިވަން ދުވަހާ ގުޅުވައި ރަށްވެހިކަން ބަދަލުކުރިކަމުގެ ލިޔުމުގެ ފޮޓޯއަކާއި އެކުގައި ޕޯސްޓެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުން އަކްޝޭ ބުނެފައިވަނީ ހިތާއި ސިޓިޒަންޝިޕް ވެސް  އޮތީ ސީދާ ހިންދުސްތާންގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

ކެނެޑާގެ ރައްވެހިކަން އޮންނާތީ އަކްޝޭ އަށް ގިނަ ބައެއްގެ ފާޑުކިއުންތަށް ވަނީ އަމާޒު ވެފައިއެވެ. އެގޮތުން އިންޑީއާއަށް އުފަން އިންޑީއާގެ ދަރިއެއް ގެ އިތުރުން އިންޑިއާގައި ދިރިއުޅެ، އެ ގައުމުގައި ކާންބޯން މަސައްކަތްކޮށްގެން އާމްދަނީ ހޯދާ އިރު، އެހެން ގައުމެއްގެ ރަށްވެހިކަން އޮތުމަކީ ގައުމަށް ކުރެވޭ ކުޑައިމީސްކަމެކެވެ.

އަދި އަކްޝޭ އަށް ވެސް އެ އެގައުމަށް ވެސް އެންމެ ރަގަޅު ގޮތަކީ ރައްވެހިކަން ކަން އޮތް ރަށަށް ގޮސް އެތަނުގައި ވަޒަންވެރި ވުން ކަމުގައި ބުނެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައިއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

55 އަހަރުގެ އެކްޓާ އަކީ ބޮލީވޫޑް ސިނަމާގައި އެންމެ ނަންހިނގާ އެއް އެކްޓަރެވެ. އަދި ބޮލީވުޑްގައި ހުރި އެންމެ ބިޒީ އެކްޓަރުވެސް މެއެވެ. އަކްޝޭ އަކީ ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ ފިރިމީހާ އެވެ. އެމީހުން ކައިވެނި ކުރީ 2001 ވަނަ އަހަރުގައިއެވެ. މި ކައިވެނިން އެދެމީހުންނަށް ވަނީ ދެ ކުދިންވެސް ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.