ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު

ޕީޕީއެމްގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓު ނައްތާލާނެ: ޝާހިދު

ޕީޕީއެމްގެ ވެރިކަމެއްގައި ހަނިމާދޫ އެއާޕޯޓު ނައްތާލާނެ: ޝާހިދު

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބު ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބުކޮށް ވެރިކަމަށް އައިސްފި ނަމަ، ހދ. ހަނިމާދޫ އެއާޕޯޓު ނައްތާލާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

މާލޭގައި ހުންނަ ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމެއްގައި ޝާހިދު ވިދާޅުވީ ޕީޕީއެމަށް ވެރިކަމަށް އަތުވެއްޖެ ނަމަ، އެމީހުން ރާވާފައި އޮތީ ހަނިމާދޫ އެއާޕޯޓު ނައްތާލުން ކަމަށެވެ.

"ޕީޕީއެމުން ވެރިކަމަށް އައުމަށް ރާވާފައި އޮތް ރޭވުމުގެ ތެރޭގައި އޮތީ އެމީހުންނަށް ވެރިކަން ލިބިއްޖެ ނަމަ، ހަނިމާދޫ އެއާޕޯޓު ނައްތާލުން. އެކަމުގެ މައުލޫމާތުތައް އަޅުގަނޑުމެންނަށް ލިބެމުން ދަނީ. ރޭވުންތައް އެމީހުން ރާވަމުން ގެންދަނީ. މުޅި ހަނިމާދޫ ޕްރޮޖެކްޓް އެމީހުން އޮތީ ފެއިލްކޮށްލަން ނިންމާފައި،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި އެއްވެސް ކުރިއެރުމެއް ބޮޑުތިލަދުންމައްޗަށް ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ޕީޕީއެމްގެ ފަސް އަހަރު ދުވަހުގެ ވެރިކަމުގައި ބޮޑުތިލަދުންމައްޗަށް ގެނައި އެއްވެސް ތަރައްގީއެއް ނެތް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރެވޭނެއެވެ. އަދި ބައިނަލްއަގްވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. މި މަޝްރޫއު ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވިގެން ދާނެއެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *