ލުބުނާނުގައި ހައްޔަރު ކޮށްފައިވާ، ގައްޒާފީގެ ދަރިފުޅު ދޫކޮށްލުމަށް ލީބިޔާއިން އެދިއްޖެ

ލުބުނާނުގައި ހައްޔަރު ކޮށްފައިވާ، ގައްޒާފީގެ ދަރިފުޅު ދޫކޮށްލުމަށް ލީބިޔާއިން އެދިއްޖެ

Author
ހުސެއިން
15 އޮގަސްޓް 2023 10:27
0

ލުބުނާނުގައި ހައްޔަރު ކޮށްފައިވާ، ލީބިޔާގެ ކުރީގެ ލީޑަރު ގައްޒާފީގެ ދަރިފުޅު، ދޫކޮށްލުމަށް ލީބިޔާގެ ޝަރުޢި މުއައްސަސާތަކުން އެދިއްޖެއެވެ. އޭނާ ދޫކޮށްލުމަށް ލީބިޔާގެ މުވައްސަސާތަކުން އެދިފައިވަނީ، އޭނާ ކުރަމުންދާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލުގައި އޭނާ ސިއްޙީ ހާލަތު ގޯސްވަމުން ދިއުމާއި ގުޅިގެންނެވެ.

ގައްޒާފީގެ ދަރިފުޅު، ހަންނިބަލް ގައްޒާފީ ހައްޔަރު ކޮށްފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ފާއިތުވި ޖޫންމަހުގެ 3 ވަނަ ދުވަހުން ފެށިގހެން އޭނާ ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަމުންދަނީ، ޝަރީއަތަކާ ނުލާ އޭނަ ހައްޔަރު ކޮށްގެން ގެންގުޅުމާ ދެކޮޅަށެވެ.

ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރަން ފެށިފަހުން އޭނާ ވަނީ ހާލު ދެރަވެގެން ދެފަހަރަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. ޖޫން 3 ވަނަ ދުވަހުން ފެށިގެން އޭނާ ފެން ބޮއިފައިވަނީ ވަރަށް މަދުންނެވެ.

ލީބިޔާގެ ޝަރުއީ ދާއިރާގެ އިސް ދެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަލް ސިއްދީގު އަލް ސޫރު ވަމީ، ހަންނިބަލް ގައްޒާފީ ދޫކޮށްލުމަށް އެދި ލުބުނާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް މިމަހު ސިޓީ ފޮނުވާފައެވެ.

ލީބިއާގެ ޕްރޮސެކިއުޓަރ ޖެނެރަލް ލުބުނާނުގެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ލުބުނާނުން އޭނާ ދޫކޮށްލައިފިނަމަ، 1978 ވަނަ އަހަރު ގެއްލިފައިވާ، ލުބުނާނުގެ ޝީޢައިންގެ ލީޑަރު މޫސާ އަލް ސަދުރުއާއި ގުޅުންހުރި މައުލޫމާތު ލިބުމުގެ ފުރުސަތު އޮތްކަމުގައެވެ.

ލީބިޔާގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ސިޓީގައި ވަނީ ޝަރީއަތަކާނުލާ ހަންނިބަލް ގައްޒާފީ ޝަރީއަތަކާ ނުލާ ހައްޔަރު ކޮށްފައި ވާ ސަބަބު ސާފުކޮށް ދިނުމަށްވެސް އެދިފައެވެ. އަދި އޭނާ އެދިފައިވަނީ ހަންނިބަލް ގައްޒާފީ ލީބިޔާއައި ހަވާލުކުރުމަށް ނުވަތަ އޭނާ ސީރިއާއަށް ފޮނުވުމަށް އެދިފައެވެ.

ހަންނިބަލް ގައްޒާފީ ހައްޔަރު ކޮށްފައިވަނީ އޭނާ އާއިލާއެކު ސީރީއަގައި ދިރިއުޅެމުން ދަނިކޮށެވެ. އޭނާ ސީރިއާގައި ދިރިއުޅެމުން ދަނިކޮށް ހައްޔަރު ކުރުމަށްފަހު ލުބުނާނަށް ގެންގޮސްފައިވަނީ މީގެ 8 އަހަރު ކުރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.