ޕީޕީއެމްގެ ވެރިކަމެއްގައި ކުދި އާބާދީތައް ބާކީ ވުމުގެ ބިރު އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ބަލިހު ވިދާޅުވެއްޖެ އެވެ.
ނ. ފޮއްދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ 2013 އިން 2018 އަށް ވެރިކަން ކުރި ފަރާތްތަކުން ކަންކުރި ގޮތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި މިއަދު ވެސް އެ ފަރާތްތަކުން ވެރިކަމަށް އަންނަން ރިޔާސީ ރޭހަށް ނިކުމެވަޑައިގެން އެބަތިއްބެވި ކަމަށެވެ. އެހެން ނަމަވެސް އެ ފަރާތްތަކަށް ވެރިކަން ލިބިއްޖެ ނަމަ ކަން ވެގެންދާނެ ގޮތާއި މެދު ވިސްނާ ފިކުރު ކުރަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ގަދަ ބާރުން ވެރިކަން ކުރެއްވީ ބާރުގެ ބޭނުންކޮށްގެން. ހިޔާލު ތަފާތުވާ ކޮންމެ މީހަކަށް ޖެހުނީ ޖަލުގެ ކުޑަގޮޅި ހިޔާރުކުރަން. އެ ނޫން ގޮތަކަށް އެ ބޭފުޅުންނަކަށް ވެރިކަމެއް ނުކުރެވުނު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިއަދު ވެސް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ދައްކަމުން ދަނީ އެ ވާހަކަ ކަމަށާއި އިސްކަން ދޭނީ ބޮޑެތި ރަށްތަކަށް ކަމަށް ބުނަމުންދާ ކަމަށެވެ.
"ތިމަންނަމެން އިސްކަން ދޭނީ ބޮޑެތި އާބާދީތަކަށޭ. އަނެއްކާވެސް މިފަދަ ކުދިކުދި ރަށްތައް އެކަހެރިވެގެން ބާކީވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްޓުތައް ހުއްޓުމަކަށް އައިސް ރައްޔިތުން ބިކަވެ ހާލުގައި ޖެހޭތަން ދެކެން އެއްވެސް ރައްޔިތަކު ދެކެން ބޭނުން ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރު މިއޮތީ ޓެސްޓު ކުރެވިފައިވާ ސަރުކާރެއް ކަމަށާއި މި ސަރުކާރާއެކު ކުރިއަށް ދިޔުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
One Response
މިހާރުހިތުގެެ ބައްޔާާ ނަފުސާނީވެސްް ހުރިީވެފަަ އަހައްް މޮޔަނުގޮވާާ އެންމެެކައިރިި ހޮސްޕިޓަލަކައްް ވަދޭޭ ނޫނީީ ދުނިޔޭންވެސްް މޮޔަވެދާނެެ ރައްޔިތުންގެެ ނިންމުންނިންމަންް ރައްޔިތުންނައްދީިފަަ އަވަހައްް ފޮށިތަންމަތިި ރެޑީކޮއްލުންް ބުއްދިވެރިި މިހާރުު ރައްޔިތުންނައްް އެގޭޭ ރައީސްޔާމީނައްް ކޮއްގެންް އުޅެނީީ ޒާތީހުކުމެއްކަންް ސިޔާސީީހުކުމެއްކަންް މާދަމާާ އިބޫއެގޮޅިތަކުގެެ އިންތިޒާރުކޮއްލާާ ދިވެހީންް ބޭނުންވަނީީ ރައީސްޔާމީންް އެގޮޅިންނެރެެ އެގޮޅިއައްް އިބޫވައްދަންް ޖެހިގެންހުރިގޮަޅިތަކަަ އިމްރާނާދެންތިބިި މީހުންތައްވައްދާފަަ ގައުމުު ހަމަހިމޭންކުރަންް