މިލަދޫ ކައުންސިލްގެ ޕީޕީއެމް ދެ ކައުންސިލަރުން އެމްޑީޕީ އަށް

މިލަދޫ ކައުންސިލްގެ ޕީޕީއެމް ދެ ކައުންސިލަރުން އެމްޑީޕީ އަށް

Author
އަހުމަދު
13 އޮގަސްޓް 2023 01:19
0

ނ. މިލަދޫ ކައުންސިލް ކައުންސިލްގެ ޕީޕީއެމް ދެ ކައުންސިލަރުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށް ސޮއިކުރައްވައިފިއެވެ.

އެމްޑީޕީއާ ގުޅިވަޑައިގަތީ މުހައްމަދު މައުރީފާއި އައިޝަތު ނީމް މޫސާއެވެ. އެ ދެ ބޭފުޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިލަދު އަށް ކުރެއްވި ދަތުރުފުޅުގައި އެމްޑީޕީ އަށް ސޮއި ކުރެއްވުމަށް ފަހު، ފޯމް އެމަނިކުފާނާ ހަވާލު ކުރައްވައިފައެވެ.

މިލަދޫގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ނީމް ވިދާޅުވީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ ރަށަށް ހެޔޮ އެދިވަޑައިގަންނަވާތީ ކަމަށެވެ. އެގޮތުން، ރަށަށް މިހާތަނަށް ކަންކަން ކޮށްދީފައިވަނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ ކައުންސިލަރުން ސޮއިކުރެއްވުމާ ގުޅިގެން ރަށުގެ ކައުންސިލް މެޖޯރިޓީ ވަނީ އެމްޑީޕީ އަށް ލިބިފައެވެ.

ރައީސް ސޯލިހް މިލަދު އަށް ވަޑައިގެންނެވުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ޕީޕީއެމްގެ ކައުންސިލަރުންނާއި އެ ޕާޓީގެ ވަރުގަދަ އެކްޓިވިސްޓުން ދަނީ އެމްޑީޕީ އަށް ސޮއި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.