ކޯވިޑް-19: އިތުރު 16 މީހަކު ޕޮޒިޓިވްވެ އަދަދު 13،159 އަށް

ކޯވިޑް-19: އިތުރު 16 މީހަކު ޕޮޒިޓިވްވެ އަދަދު 13،159 އަށް

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2020 09:59
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 16 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ9 މީހުންނެވެ. އަދި އަތޮޅުތެރެއިން ޕޮޒިޓިވް ވެފައިވަނީ 7 މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 13،159 އަށް އަރާފައެވެ.

ރޭ އިރުއޮއްސި 18:00އިން މިރޭގެ އިރުއޮއްސި 18:00 އާއި ހަމައަށް ބަލިން ރަނގަޅުވެފައި ވަނީ 65 މީހެކެވެ. މިއަދު ރަނގަޅުވި 65 މީހުންނާއިއެކު ރާއްޖެއިން ބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 12،264 އަށް ވަނީ އަރާފައެވެ. ކޯވިޑް-19ގެ ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 841 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 79 މީހަކަށެވެ. ރާއްޖޭގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 2012 ސާމްޕަލާއިއެކު މިހާތަނަށް 253،946 ސާމްޕަލެއް ވަނީ ނަގާފައެވެ.

ރާއްޖެއިން މި ބަލާިގައި މިހާރު ވަނީ 47 މީހަކު ނިޔާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.