"ޖޫނިއާ" ގެ ފަސްޓް ލުކް ޕޯސްޓަރުތަށް ދައްކައިލައިފި

"ޖޫނިއާ" ގެ ފަސްޓް ލުކް ޕޯސްޓަރުތަށް ދައްކައިލައިފި

Author
ފާތިމަތު ނާވީ
14 އޮގަސްޓް 2023 09:55
0

އަމީކް ވިރްކް ލީޑް ރޯލުން ފެނިގެންދާ ޕަންޖާބީ ފިލްމު "ޖޫނިއާ" ފިލްމްގެ ޕޯސްޓަރާއި އެކުގައި ފިލްމް ރިލީޒް ކުރާ ދުވަސް އިއުލާން ކޮށްފިއެވެ.

ވަރަށް  ޔުނިކް ޕްލޮޓް އަކަށް އުފައްދާ ފިލްމް އިއުލާނު ކުރި ހިސާބުން ފެށިގެން ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަނީ އެ ފިލްމު ބަލާލުމަށެވެ. ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގައިއެވެ.

އަމީކް ވިރްކް ވަނީ އޭނާގެ އިންސްޓަގްރާމްގައި އާ ޕޯސްޓަރު ފޭނުންނާ ހިއްސާކޮށްފަ އެވެ. މި ޕޯސްޓަރުގައި އަމީކް ފެނިގެންދަނީ ވަރަށް ހަރުކަށި އަދި ހަރުކަށި އިހުސާސްތަކަކާއެކު މުޅި މޫނުގައި ޒަހަމްތަކެއް ހުރި މަންޒަރެވެ. ފަސްޓްލުކް ހާމަކުރަމުން އަމީކް އޭނާގެ ޕޯސްޓުގެ ކެޕްޝަންގައި ބުނެފައި ވަނީ "ޖޫނިއާ – ނިއު އެރާ އޮފް ޕަންޖާބީ ސިނަމާ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރަނީ "18 އޮގަސްޓް 2023 "ގައި ކަމަށެވެ.

 

View this post on Instagram

 

A post shared by Amiek Singh Virk (@amiek_virk)

ހަރްމަން ދިލޯން ޑައިރެކްޓްކުރާ މި ފިލްމުން އަމީކް ވިރްކް ގެ އިތުރުން ފެނިގެންދާނީ ޝްރިޝްތީ ޖެއިން، ކަބީރު ބޭދީ، ޕްރަދީޕް ރާވަތު، ޕަރްދީޕް ޗީމާ، ރާމް އައުޖްލާ، ޖަސްލީން ރާނާ، އަޖޭ ޖޭތީ، މަރިޔަމް ރޯއިނިޝްވިލީ، ރޯނީ ސިންގް، ކަރަން ގާބާ، ކަބީރު ސިންގް ފަދަ ތަރިންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.