މާފަންނު މަދަރުސާއިން ނަގަމުން އައި ރިލީޒް ސާމްޕަލް ނެގުން މެދުކަނޑާލަނީ

މާފަންނު މަދަރުސާއިން ނަގަމުން އައި ރިލީޒް ސާމްޕަލް ނެގުން މެދުކަނޑާލަނީ

Author
މުޙައްމަދު ޝަޒައިމް
05 ޑިސެމްބަރ 2020 09:33
0

މާދަމައިން ފެށިގެން މާފަންނު މަދަރުސާއިން ނަގަމުން އައި ރިލީސް ސާމްޕަލް ނެގުން މެދު ކަނޑާލުމަށް އެޗްޕީއޭއިން ނިންމައިފެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ މާދަމައިން ފެށިގެން މާފަންނު މަދަރުސާއިން ނަގަމުންދިޔަ ރިލީޒް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ މާލެ ހިޔާ 2 ފުރަގަހުގައި ހުންނަ ކުރިން ފްލޫ ކްލިނިކް ހުރި އިމާރާތުގައިކަމަށެވެ.

ރިލީޒް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން މެންދުރު 1:00 އަށް ހަވީރު 5:00 ން ރޭގަނޑު 9:00 އަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ހުކު ދުވަސްތަކުގައި ހަވީރު 5:00 ން ރޭގަނޑު 9:00 އަށް ކަމުގައެވެ.

ކޯވިޑް-19 ހޮސްޕިޓަލްތަކުގައި ފެތުރޭ މިންވަރުވީހާވެސް ކުޑަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައި ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ބިދޭސީންގެ ތެރެއިން ހުމާ ރޯގާގެ ޢަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި އެ ފަރާތްތަކަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެގޮތުން އެކި ސަރަޙައްދުތަކުގައި ފްލޫ ކްލިނިކްތަކެއް ސަރުކާރުން ވަނީ ޤާއިމުކުރައްވާފައެވެ.

މާލޭގައި ބަލިޖެހޭ މީހުންނާ ދިމާވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިންނަގާ ރިލީސް ސާމްޕަލް މާފަންނު މަދަރުސާއިން ނަގަން ފަށާފައިވަނީ ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.