ބޮލީވުޑްގައި އަބަދު ވެސް ވަރަށް ތަފާތު ފިލްމުތަކެއް ކުޅެމުން އަންނަ އެކްޓަރު އަޔޫޝްމަން ކްރާނާގެ އާ ފިލްމު "ޑްރީމް ގާލް 2″ ގެ ފުރަތަމަ ލަވަ ދައްކައިލައިފިއެވެ.
އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކޮށް ރާމް ޝާންޑިލްޔާ ޑައިރެކްޓު ކުރާ މި ފިލްމުން ބެލުންތެރިން ހެއްވާލާނެ މަޖާ ކަންތައްތަކެއް ފެނިގެން ދާނެއެވެ. މި ފިލްމް ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 25 އަށެވެ.
"ޑްރީމް ގާލް 2″ އިން ފެންނާނީ ފިރިހެންކުއްޖާގެ ލޯބި ސީރިއަސްކޮށް އަންހެންކުއްޖާ ނުނަގާތީ ދެން ދިމާވާ ކަންތައް ތަކެކެވެ. މި ފިލްމްގެ ލީޑުން ފެނިގެން ދާނީ އަޔުޝްމާން ކުރާނާ އާއި އަނަންނިޔާ ޕާންޑޭއެވެ.
ކޮމެންޓު ފޮނުވާ