އަޖޭ ދޭވްގަން އާއި ދީޕިކާ ޕަދުކޯންގެ އަލަތު ފިލްމް ކަމުގައިވާ އެކްޝަން ޕެކްޑް މޫވީ "ސިންގަމް" ގެ ތިން ވަނަ ފިލްމްގައި އަޖޭ އަކީ ދީޕިކާގެ ބޭބެ ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމް ގައި އެމީހުން ކުޅެނީ ދެބެއިންގެ ރޯލު ކަމަށް ބުނެފައިވި ނަމަވެސް އަދި މިކަން ފިލްމްގެ ޓީމުން ކަށަވަރު ކޮށްދީފައިއެއް ނުވެއެވެ.
މި ފިލްމަކީ ރޯހިތުގެ ކޮޕް ޔުނިވާސްގައި ހިމެނޭ އަޖޭގެ "ސިންގަމް" ގެ ތިން ވަނަ ފިލްމެވެ. "ސިންގަމް އެގެއިން" އަކީ އަޖޭ ގޮތަށް ދީޕިކާ ވެސް ކުޅޭނީ ފުލުހެއްގެ ރޯލެވެ. އަދި މި ފިލްމްގެ ޝޫޓިން ވަރަށް އަވަހަށް ފަށަން އަންނަނީ ތައްޔާރު ވަމުންނެވެ.
ދެހާސް އެގާރައިގެ "ސިންގަމް" ގެ ބަތަލާ އަކީ ދެކުނުގެ ބަތަލާ ކާޖަލް އަގަރްވާލެވެ. ދެހާސް ސާދައިގެ "ސިންގަމް ރިޓާންސް" ގެ ބަތަލާ އަކީ ކަރީނާ ކަޕޫރްވެ. މި ދެ ފިލްމް އަކީ ވެސް ބޮލީވުޑްގައި ވަރަށް ކާމިޔާބު ދެ ފިލްމްއެކެވެ.
ރޯހިތު އެންމެ ފަހުން ގެނެސިނީ ރަންވީރު ސިންގް ޑަބަލް ރޯލުން ފެނިގެންދިއަ ފިލްްމް "ސާކާސް" އެވެ. މީ ފުލޮޕް ފިލްމް ގެ ކާސްޓުގައި ރަންވީރު އާއި އެކުގައި ޕޫޖާ ހޭގްޅޭ އަދި ޖެކުއަލިން ފެނާންޑޭޒް ވަނީ ފެނިގެން ގޮސްފައިއެވެ.
ކޮމެންޓު ފޮނުވާ