ވިލިނގިލީގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: އެމްޑީޕީ

ވިލިނގިލި-ކޫއްޑޫ ގުޅާލުމާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކުރައްވަނީ

ވިލިނގިލި-ކޫއްޑޫ ގުޅާލުމާ ގުޅޭ ގޮތުން ރައްޔިތުންނާ މަޝްވަރާ ކުރައްވަނީ

ގއ. ވިލިނގިއްޔާއި މިފްކޯގެ މަސް ކާރުހާނާ ހިންގާ ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ކުރިއަށް ގެންދާނެތޯ ބެލުމަށް ރައްޔިތުންނާ އެކުގައި ވަރަށް އަވަހަށް މަޝްވަރާ ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިންގައި ގއ. ވިލިނގިއްޔަށް ވަޑައިގެން ރައީސް ސޯލިހް ވިދާޅުވީ ވިލިނގިލި-ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ވިލިނގިލި ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު އެކަމުގައި އަމަލީ ސިފައެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް، އެ މަޝްރޫއުގެ ދިރާސާ މިހާރު ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުއާ މެދުގައި ވިސްނާލަން ޖެހޭ ކަމަށެވެ. އެއަށް ވުރެ ރަނގަޅަށް ވިލިނގިއްޔަށް ތަރައްގީ ގެނެވޭނެ މަޝްރޫއުތައް ނުވަތަ ޕްރޮޕޯސަލް އެބަހުރި ކަމަށާއި އެކަމުގައި ވިލިނގިލީ ރައްޔިތުންނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

"މީގައި އެކަމަށް ދާނީތޯ ނުވަތަ ޕްރޮޕޯސަލްތަކައިގެން ކުރިއަށް ދާނީތޯ މިއީ ވިސްނާލާފައި ގޮތެއް ނިންމަން ޖެހޭ ކަމެއް. އެހެންމަ ކުރު މުއްދަތުގެ ތެރޭގައި އެކަމާ ދޭތެރޭގައި މަޝްވަރާކޮށްފައި އަޅުގަނޑު ގޮތެއް ނިންމާނަން." ރައީސް ވިދާޅުވިއެވެ.

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް ސޯލިހް 2018 ގައި ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް މިހާތަނަށް އައިއިރު އެ ވައުދު ފުއްދިފައެއް ނުވާތީ އިދިކޮޅު ފަރާތްތަކުގެ ފާޑު ކިއުން ސަރުކާރަށް އަމާޒުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *