ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގއ. ކޮލަމާފުއްޓަށް ބޮޑެތި ވައުދުތަކެއް ވެވަޑައިގެންފިއެވެ.
ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަޑައިގެންނެވި ހަތަރު ވަނަ މަންޒިލަކީ ކޮލަމާފުއްޓެވެ. އެ ރަށުން ރައީސް ސޯލިހަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނުކުތެވެ.
ރައީސް ސޯލިހް ކޮލަމާފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް:
1- ކޮލަމާފުށީގައި ހައުސިން ޔުނިޓްތަކެއް އެޅުން.
2- އުދަ އަރާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓްމަންޓް ޖެހުން.
3- އައިސް ޕްލާންޓް ބޮޑުކޮށް، ކޯލްޑް ސްޓޯރޭޖެއް ގާއިމު ކުރުން.
4- ހެލްތު ސެންޓަރު އަޕްގްރޭޑްކޮށް މިނީ ހޮސްޕިޓަލަކަށް ބަދަލު ކުރުން.
ރައީސް ސޯޅިލް ވަނީ ކޮލަމާފުށި ރައްޔިތުން ވެސް އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށް އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ދެވަނަ ދައުރެއް ފައްޓަވާނީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކާ އެކުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.