"ކޯލް މީ ބައޭ" ގެ މަސައްކަތް ބާރަށް ކުރިއަށް

"ކޯލް މީ ބައޭ" ގެ މަސައްކަތް ބާރަށް ކުރިއަށް

Author
ފާތިމަތު ނާވީ
13 އޮގަސްޓް 2023 07:03
0

ޒުވާން ބަތަލާ އަނަންނިޔާ ޕާންޑޭ ގެ ފުރަތަމަ ވެބް ސީރިޒް "ކޯލް މީ ބައޭ" ގެ މަސައްކަތްތަށް ވަރަށް ބާރަށް މިހާރު ކުރިއަށް ދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ވެބް ސީރީޒް އަކީ އަންނަނީޔާ ބޮލީވުޑްއަށް ނެރުނު ނުފޫޒު ގަދަ ފިލްމް މޭކާ/ ޑަައިރެކްޓަރު ކަރަން ޖޯހަރު ފިލްމް ކުންފުނު ދަރްމާ ގެ ވެބް ކޮންޓެންޓް ގޮފި، ދަރުމަޓިކް އެންޓަޓައިންމަންޓުން ހަދާ އެއްޗެކެވެ.

މި ވެބް ސީރީޒް ދެއްކުމަށް ހަމަޖެފިފައިވަނީ އެމެޒޯން ޕްރައިމް ވީޑިއޯ އިންނެވެ. މި ވެބް ސީރިޒް ގައި ދައްކުވައިދޭނީ ވަރަށް ގްލެމަރަަސް ދުޔެއެއްގެ ކަންތަށް ތަކެއް ކަމަށް ވެއެވެ. "ކޯލް މީ ބައޭ" ގައި އަނަންޔާ ކުޅެނީ ފެޝަން ބިލިއަނަރެއްގެ ރޯލެވެ. އަނަންޔާއާ އެކީ މީގެ ކާސްޓުން ގުރްފަތޭ ޕިރްޒާދާ އާއި ވީރް ވެސް ދާން ވެސް ފެންނާނެ އެވެ.

 

View this post on Instagram

 

A post shared by prime video IN (@primevideoin)

"ކޯލް މީ ބައޭ" އަކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ސްކްރީންޕްލޭގައި ހިއްސާވެ، އޭގެ ޑައިލޮގްތައް ލިޔުނު އިޝިތާ މޮއިތުރާގެ ސްކްރީންޕްލޭއަކަށް ހަދާ އެއްޗެކެވެ. ސީރީޒްގެ ޑައިރެކްޓަރަކީ ދަރުމާގެ ހުއްޓިފައި އޮތް ފިލްމު "ދޯސްތާނާ 2″ ގެ ޑައިރެކްޓަރު ކޮލިން ޑި ކަންހާ އެވެ.

 

View this post on Instagram

 

A post shared by Ananya 💛💫 (@ananyapanday)

ބަތަލާ އަނަންނިޔާ ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 25 ގައި ރިލީޒްކުރާ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް 2″ އިންނެވެ. މީ މި އަހަރުގެ ވަރަށް އުންމީދީ ފިލްމްއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.