ރައީސް ސޯލިހް ގއ. ނިލަންދޫގައި. --- ފޮޓޯ: އެމްޑީޕީ

ނިލަންދޫގައި ރައީސް ދެއްކެވީ ދެވަނަ ދައުރެއް ދިނުމުގެ މުހިންމު ކަމުގެ ވާހަކަ!

ނިލަންދޫގައި ރައީސް ދެއްކެވީ ދެވަނަ ދައުރެއް ދިނުމުގެ މުހިންމު ކަމުގެ ވާހަކަ!

ރާއްޖޭގެ ތަރައްގީ އަށް ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރި އިރު، އެ މަސައްކަތައިގެން ވެރިކަމުގައި ތިބޭ ބަޔަކަށް ކުރިއަށް ދެވޭނީ ބޭކާރު ސިޔާސީ ހަލަބޮލިކަން ނެތިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ގއ. ނިލަންދޫގައި ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނިލަންދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ފެށި މަސައްކަތްތައް ނިމި، އެހެން މަސައްކަތްތައް ވެސް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖޭގައި އޮތް ހަލަބޮލިކަމާއި ހަމަނުޖެހުން ހުއްޓުމަކަށް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ތަރައްގީގެ މަސައްކަތްތައް ކުރާ އިރު، އެންމެ މުހިންމު ކަމަކީ ހަމަޖެހުން ގާއިމުވެފައި އޮތުމެވެ.

ރާއްޖެ މިހާރު ފައްކާވަމުން ދަނީ ޒަމާނީ ޑިމޮކްރަސީއަކާ ދިމާލަށް ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ޑިމޮކްރަސީއެއްގައި އިރުއިރުކޮޅާ ސިޔާސަތުތައް ބަދަލުވުމަށް ފުރުސަތު ދޭ ކަމަށްވާ ނަމަ، ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުލިބޭނެ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މިވަނީ ގިނަ މަސައްކަތްތަކެއް ކުރަން ފަށާފައި. އޭގެ ގިނަ މަސައްކަތް ނިމިއްޖެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވަމުންދާ ކަމަށްވާ ނަމަ، އެކަންކަން ހުއްޓިގެންދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ދެން މިސާލު ނެންގެވީ 2008 ގައި އުފެދުނު އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމަށެވެ. އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ޖެހިގެން އައި ރިޔާސީ ދައުރުގައި މުޅިން ބަދަލުވެގެން ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ރަށްރަށާ ދޭތެރޭގައި އަޅާލަން ޖެހޭ ވަރަށް އެ ރަށް ރަށުގައި މަސައްކަތް ކުރެވިފައި ނެތް ކަމަށް ވިދާޅުވިއެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *