ގެމަނަފުށީ ކައިރީ އޮންނަ އަރައިގައްތާގައި ރިސޯޓެއް ހަދަން ބިޑަށްލަނީ

ގެމަނަފުށީ ކައިރީ އޮންނަ އަރައިގައްތާގައި ރިސޯޓެއް ހަދަން ބިޑަށްލަނީ

Author
އަހުމަދު
10 އޮގަސްޓް 2023 12:35
0

ގއ. ގެމަނަފުށީ ކައިރީގައި އޮންނަ ފަޅު ރަށް، ގއ. އަރައިގައްތާގައި ރިސޯޓެއް ތަރައްގީކުރުމަށް އެ ރަށް ބިޑަށް ހުޅުވާލުމަށް ނިންމާފައިވާކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ގެމަނަފުއްޓަށް ވަޑައިގެން ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ އެ ރަށަށް ފުރިހަމަކޮށް ދެއްވުމަށް ނިންމަވާފައިވާ ކަންކަން ހާމަކޮށް ދެއްވައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ގެމަނަފުއްޓަށް މަސް ކިރޭނެ އަދި މަސް ރައްކާ ކުރެވޭނެ ފެސިލިޓީއެއް ގާއިމުކުރުމާއި ގެމަނަފުށި ކުރިމަތީގައި އޮތް އަރައިގައްތާގައި ރިސޯޓެއް އެޅުމަށްޓަކައި ބިޑަށްލުމާއި ސްކޫލްގައި މަލްޓިޕާޕަސް ހޯލެއް ހެދުމާއި ހައުސިން ޔުނިޓް އެޅުމާއި ކައުންސިލްގެ އިމާރާތެއް އެޅުމާއި 30 އެނދުގެ ހޮސްޕިޓަލެއް އެޅުމެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެކަންކަމަކީ ރަށުގެ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާކުރުމަށް ފަހު ހިންގުމަށް ނިންމާފައިވާ މަޝްރޫއުތަކެކެވެ. އަދި އެކަންކަން ފުރިހަމަކުރުމަށް ދެވަނަ ދައުރެއް ދިނުމަށް އެދިވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އިންސާފު
ތިހާބޮޑައްއޮޅުވާލަނިކޮއްް ﷲތިބާއައްް އޮޅުވާލަފާނެެ ކަމައްް ގަބޫލުނުރަންތަަ މަކަރުވެރިކަމުންް ލިބޭނެެ އެއްވެސްފައިދާއެއްް ނޯންނާނެެ ތިއޮޅުވާލާާ މަކަރުު ހަދަނީީ އަމިއްލަަ ނަފުސައްކަމައްް ގަބޫލުކުރޭޭ ކޮބާތަަ ދިންގޯތިތަކުގެެ ދާއިމީލިސްޓްް ކޮބާތަަ ދިންފުލެޓްތަކުގެެ ދާއިމީލިސްޓްް ކޮބާތަަ ވިލިމާލެބުރިޖުު ކޮބާތަަ ކޮތަޅުު އަގުކުޑަކުރުންް ކޮބާތަަ ގޭދޮށުު މަސްފެކްޓްރީތައްް ކޮބާތަަ މަސްވެރިންނައްދިންް ހަމައަގުު ކޮބާތަަ ދަޑުވެރިންނައްް ދިންް އިނާޔަތްތައްް ކޮބާތަަ އަލައްވިހާާ ކޮންމެކުއްޖަކައްދޭހަދިޔާފޮށިގަޑުު ކޮބާތަަ ކޮންނެމީހަކައްދޭޑޮކްޓަރުު