ކަނޑުހުޅުދޫގައި ހައުސިން ޔުނިޓްތަކެއް އަޅައި ދޭނަން: ރައީސް

ކަނޑުހުޅުދޫގައި ހައުސިން ޔުނިޓްތަކެއް އަޅައި ދޭނަން: ރައީސް

Author
އަހުމަދު
09 އޮގަސްޓް 2023 06:33
0

ވެރިކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ނަމަ، ގއ. ކަނޑުހުޅުދޫގައި ހައުސިން ޔުނިޓްތަކެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.

ގއ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ. ކަނޑުހުޅުދޫ އަށް މިއަދު ވަޑައިގެން އެމަނިކުފާނު ވަނީ އެ ރަށަށް ފުރިހަމަކޮށް ދެއްވަން ވައުދުވެވަޑައިގަންނަވާ ކަންކަމުގެ ލިސްޓެއް އިއުލާން ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ވައުދުވެވަޑައިގަންނަވާ ކަންކަމަކީ ރައްޔިތުންގެ ފަރާތުން އެދޭ ކަންކަން ކަމަށެވެ.

އެގޮތުން ކަނޑުހުޅުދޫގައި ކައުންސިލް އިދާރާގެ އާ އިމާރާތަކާއި ޔޫތު ސެންޓަރެއް ގާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް ހައުސިން ޔުނިޓްތަކެއް އަޅުއްވައި ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި އަށް ކްލާސް ރޫމެއްގެ މަސައްކަތް ނިންމައި ފުޓްބޯޅަ ދަނޑެއް ވެސް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އާދަނު
ޥެރިކަމުގެ ފުރަތަމަދައުރުގައި އދ.އަތޮޅު ވެރިކަންކުރާރަށަށްކޮށްދޭންވަޢުވި އެއްވެސްކަމެއް އަދި ނުކުރޭ