ރަފިއްޔާ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: އެމްޑީޕީ

ރަފިއްޔާ ކެމްޕެއިން ޖަލްސާގައި "އަވަގުރާނަ" ގޮވުމުން ފާޑު ކިޔަނީ

ރަފިއްޔާ ކެމްޕެއިން ޖަލްސާގައި "އަވަގުރާނަ" ގޮވުމުން ފާޑު ކިޔަނީ

ގުޅުންހުރި

ގދ. ގައްދޫގައި ރޭ ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާގައި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އައިޝަތު ރަފިއްޔާ "އަވަގުރާނަ" ގޮވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިއުން އޭނާ އަށް އަމާޒުވާން ފަށައިފިއެވެ.

ރައީސް ސޯލިހް ވެސް ބައިވެރިވެޑައިގެންނެވި ޖަލްސާގައި ރަފިއްޔާ ވިދާޅުވީ "ފެން ފޯއް ރުއްތައް އިންދީމާ….. އެރޭނީ ފައިން" ކަމަށެވެ. އެ މިސާލު އޭނާ ނެންގެވީ ކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގައި އިންދި ފެން ފޯއް ރުއްތަކަށް އިޝާރާތް ކުރައްވަމުންނެވެ.

ފެން ފޯއް ރުއްތައް އިންދައިގެން ލިބުނު ފައިދާއެއް ނެތް ކަމަށް ރަފިއްޔާ ވިދާޅުވިއެވެ. އޭގެ ފަހުގައި އޭނާ ވަނީ އަވަގުރާނަ ގޮވައިފައެވެ.

ރަފިއްޔާ އަށް ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ އާއިލާތަކުން ބަލަމުން ދިޔަ ޖަލްސާއެއްގައި ރަފިއްޔާ އަވަގުރާނަ ގޮވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުން އެނގެނީ ރަފިއްޔާގެ ލަދު ހަޔާތެއް ނެތުން ކަމަށް ވެސް އެމީހުން ދަނީ ބުނަމުންނެވެ.

މިއީ "އަންހެނުންނަށް ވެސް ހުތުރެއް" ކަމަށް ފާޑުކީ މީހުން ބުނެފައިވެއެވެ.

ރައީސް ސޯލިހް ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމްޑީއޭގެ ފަރާތުން އެންމެ އިސްކޮށް ހުންނެވި އެއް ބޭފުޅަކީ ރަފިއްޔާއެވެ. ރަފިއްޔާގެ އިތުރުން ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވެސް މި ކެމްޕެއިންގައި ބައިވެރިވެވަޑައިގަންނަވައެވެ.

ފާޑުކީ ފަރާތްތަކުން ބުނެފައި ވަނީ ޖަލްސާތަކުގައި ވާހަކަ ދައްކަވާ ބޭފުޅުން މިއަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ