ވާދޫގައި 100 އެނދުގެ ހޮޓަލެއް އަޅައި ދޭނަން: ރައީސް

ވާދޫގައި 100 އެނދުގެ ހޮޓަލެއް އަޅައި ދޭނަން: ރައީސް

Author
އަހުމަދު
09 އޮގަސްޓް 2023 11:15
0

ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ، ގދ. ވާދޫގައި 100 އެނދުގެ ހޮޓަލެއް އެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންފިއެވެ.

ގދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ވާދޫ އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ސޯލިހް ވަނީ އެ ރަށަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. ރައީސް ވައުދުވެވަޑައިގެންނެވި ވައުދުތަކުގެ އަދަދު 9 އަށް އަރައެވެ.

ރައީސްގެ ވާދޫ އަށް ވެވަޑައިގެންނެވި ވައުދުތައް:

– ކައުންސިލްގެ އިދާރާއެއް އެޅުން
– ސިއްހީ މަރުކަޒަށް ބޭނުންވާ އެޑްމިން ބްލޮކްތައް އިތުރު ކުރުން
– ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން
– ބޮޑެތި މަގުތައް ތަރައްގީ ކުރުން
– ރައްޔިތުން އެދުނު ގޮތަށް ފަތާ ފަންގަނޑެއް ހެދުން
– ރޯހައުސް އާއި ފްލެޓް އެޅުން
– 100 އެނދުގެ ހޮޓަލެއް އެޅުން

ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދޫގެ ރައްޔިތުންގެ ވިސްނުން ހުރި ގޮތް އެނގިވަޑައިގެންފައިވާ ކަމަށެވެ. އެ ރައްޔިތުން ތިބީ އުފާވެރި އަމާން ރާއްޖެއަކަށް ދިއުމަށް ތައްޔާރަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަފާތު ވައުދުތައް ވާނެ ބޭފުޅުން އަދި ވަޑައިގަންނަވާނެ. އެއާ ދޭތެރޭގައި ތިޔަބޭފުޅުން ވިސްނަންވާނެ. ވައުދެއްވެ، ވައުދު ފުއްދުނީ ކޮން ބަޔަކަށްތޯ އެއީ ތިޔަބޭފުޅުން މިނެ ކިރާލަން ޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

ގދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް އިއްޔެ ވަނީ އެ އަތޮޅުގެ ހަ ރަށަކަށް ވަޑައިގެންފައެވެ. ރައީސް މިއަދު ގއ. އަތޮޅުގެ ރަށްތަކަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.