ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ގދ. ގައްދޫ އާއި ކައިރީގައި އޮތް ގދ. ގަން ގުޅާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅުގެ ރަށްތަކަށް ރައީސް ސޯލިހް ކުރައްވާ ދަތުރުފުޅުގައި ގައްދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި އެމަނިކުފާނު ވަނީ ކުރިއަށް އޮތް ފަސް އަހަރު ގައްދޫ އަށް ވެވަޑައިގަންނަވާ ވައުދުތައް އިއުލާން ކުރައްވައިފައެވެ.
އެ ތަނުން އެއް ވައުދަކީ ގައްދޫ އާ ވަރަށް ކައިރީގައި އޮންނަ ގަން ގުޅާލުމުގެ ވައުދެވެ. އެ ރަށަކީ ގައްދޫ ރައްޔިތުންގެ އިގްތިސާދާ ވަރަށް ބޮޑަށް ގުޅިފައި އޮތް ރަށެކެވެ. އެ ރަށުގައި މައިގަނޑު ގޮތެއްގައި ހައްދަނީ އޮޅު އަލައެވެ.
މީގެއިތުރުން ގައްދޫ މަގު ހެދުމުގެ ފޭސް ދޭއް ފަށައި ހުރިހާ މަގެއް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައްދޫން 30 ހެކްޓަރުގެ ބިން ހިއްކައި 100 ރޯ ހައުސް އަޅުއްވައި ދެއްވުމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
ގައްދޫގައި ޕޮލިޓެކްނިކްގެ އާ އިމާރާތެއް އެޅުމަށް ވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ